ދިވެހިރާއްޖެ
ޔުނިވަރސިޓީ އޮފް ސައިޕްރަސް ޕޯސްޓް ގްރެޖުއެޓް ޕްރޮގްރާމްސް 2024 |
ޔުނިވަރސިޓީ އޮފް ސައިޕްރަސްގެ ފަރާތުން 2024/2025 ވަނަ އަހަރުގެ (ސެޕްޓެމްބަރ) އިންޓޭކުގައި ހިންގުމަށް ހަމަޖެހިފައިވާ ޕޯސްޓް ގްރެޖުއެޓް ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ނިއުދިއްލީގައި ހުންނަ ސައިޕްރަސް ހައި ކޮމިޝަނުން ވަނީ އަންގާފައެވެ.
ވީމާ، މި ސްކޮލަރޝިޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮންލައިން އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އަދި ސްކޮލަރޝިޕާއިބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑުކުރެވިފައިވާ އިންފޯމޭޝަން ޝީޓުންނާއި ތިރީގައިވާ ލިންކް އިން ލިބެން ހުންނާނެއެވެ.
https://www.ucy.ac.cy/graduateschool/research/admission .................................................................................................................................................................... * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ. * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ. |