ދިވެހިރާއްޖެ
ރ. އަނގޮޅިތީމު ކައުންސިލާއި ގދ. ވާދޫ ކައުންސިލްގެ ބައި-އިލެކްޝަން
23 މޭ 2015 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރ.އަނގޮޅިތީމު ކައުންސިލާއި ގދ. ވާދޫ ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓުނެގުމަށް، ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.
ވޯޓުފޮށި ބަހައްޓާ ރަށް/ ތަން |
ވޯޓުލާ ސަރަހައްދު |
ވޯޓުފޮށީގެ ނަން |
ވޯޓުފޮށީގެ ނަންބަރު |
# |
އަނގޮޅިތީމު ސްކޫލް ހޯލް |
މި ފޮށްޓަށް ވޯޓުލާނީ އަނގޮޅިތީމު ރައްޔިތުންނާއި އަނގޮޅިތީމުގައި ދިރިއުޅޭ ގދ. ވާދޫމީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
ރ.އަނގޮޅިތީމު-1 |
E01.04.1 |
1 |
ގދ.ވާދޫ ޖަމާލުއްދީން މަދަރުސާ |
މި ފޮށްޓަށް ވޯޓުލާނީ ވާދޫ ރައްޔިތުންނާއި ވާދޫގައި ދިރިއުޅޭ ރ. އަނގޮޅިތީމު މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
ގދ.ވާދޫ-1 |
Q04.07.1 |
2 |
ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ހޯލް |
މި ފޮށްޓަށް ވޯޓުލާނީ ރ. އަނގޮޅިތީމު މީހުންނާއި ގދ. ވާދޫ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
ގދ. ވާދޫ، މާލެ-1 |
Q04.0.1 |
3 |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރަމެވެ.
01 ރަޖަބު 1436