ދިވެހިރާއްޖެ
އިޢުލާން ހެނބަދޫ ކައުންސިލް އަށް ޓެންޑަރ ޑޮކިއުމަންޓް ތައްޔާރު ކޮއްދިނުމާއި ގުޅޭ ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދުމާގުޅޭ ނ. ހެނބަދޫ ކައުންސިލުގެ ގެ ޢިޙްތިސާސް ގައި ހިމެނޭ ނ.ކަފަ ކޮމަންޑޫރަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމައްޓަކައި ބައިނަލް ޢަޤްވާމީ ބިޑަކަށް ހުޅުވާލުމައްޓަކައި ބޭނުންވާ ޓެންޑަރ ޑޮކިއުމަންޓު ތައްޔާރު ކޮއްދޭނޭ ކޮންސަލްޓަންސީ ފާރމެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 18 އޭޕްރިލް 2024 ގެ 13:00 ކުރިން މި އިދާރާއަށް ދުރުވެ ނުވަތަ އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް، އެޑްރެސް ކުރައްވާ އީމެއިލެއް ފޮނުއްވުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 25 އޭޕްރިލް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިކައުންސިލް އިދާރާގެ މީޓިން ރޫމުގައެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިޢިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި ދިވެހިރާއްޖޭގައި ކޮންސަލްޓަންސީ ފާރމް ހިންގުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް އެކަންޏެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 17 ރަމަޟާން 1445 27 މާރިޗް 2024
ހުސައިން އަބޫބަކުރު ހެނބަދޫ ކައުންސިލްގެ ރައީސް
|