ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ނީލަން ކިޔުމާބެހޭ

މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދެވަނަ ފަހަރަށް ނީލަން ކިޔުމަށް ހަމަޖެހިފައިވާތީ، ނީލަން ކިޔުން 21 އެޕްރީލް 2024 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގައި ބުރުޒު މަގުގައި ހުންނަ މި އޮފީހުގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 22 އެޕްރީލް 2024 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 މި ޓުރައިބިއުނަލަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ކުންފުނި ނުވަތަ ވިޔަފާރި ނުވަތަ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއާއިއެކު 21 އެޕްރީލް 2024 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 އަށް މި ޓުރައިބިއުނަލަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

27 މާރިޗު 2024
ހޯދާ