ދިވެހިރާއްޖެ
ނަންބަރ: (IUL)GAAH/GAAH/2024/11
އިޢުލާން
ހޮސްޕިޓަލުގައި ޑައިލަސިސްގެ ޚިދުމަތް ފެށްޓުމަށްޓަކައި ތައްޔާރުކުރާ ތަނުގައި
ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން:
މި ހޮސްޕިޓަލުގައި ޑައިލެސިސްގެ ޚިދުމަތް ޤާއިމު ކުރުމަށްޓަކައި ތައްޔާރުކުރާ ތަނުގައި ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 އޭޕްރީލް 2024 ވާ އަންގާރަ ދުވަހު ހެނދުނު 10:00 އަށް މި ހޮސްޕިޓަލުގެ މީޓިން ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 07 އޭޕްރީލް 2024 ވާ އާދީއްތަ ދުވަހު މެންދުރު 13:00 އަށް މި ހޮސްޕިޓަލުގެ މީޓިންގ ރޫމަށް (ދެވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅުއްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރަށް މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިހޮސްޕިޓަލުގެ ނަންބަރު 6821085 އަދި 7449667 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
26 މާރިޗް 2024