ދިވެހިރާއްޖެ
"ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023" އަށް އިޞްލާޙު ގެނެސް "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ފުރަތަމަ އިޞްލާޙު)" މި ސަރކިއުލަރއާއެކު އާންމުކުރަމެވެ. މި އުޞޫލަށް އަމަލުކުރާންފަށާނީ، 2024 މޭ 01 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާ އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023" ގެ 6.4 ގެ (ނ) ގެ ދަށުން ވަޒީފާއަށް އެދިފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ލޯކަލް ސެޓްފިކެޓްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބަލައިގަންނަ ލިޔުމެއްކަން ކަށަވަރުކުރުމަށް ޓަކައި، އެ ސެޓްފިކެޓްތަކުގައި އިދާރާތަކުން ޖަހަން ކަނޑައަޅާފައިވާ ތައްގަނޑު ޖެހުން މިއަދުން ފެށިގެން ހުއްޓައިލުމަށް ދަންނަވަމެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލު 2023 އަށް ގެނެސްފައިވާ އިޞްލާޙުތައް
  | 
||
| 
 5.2 ވަޒީފާއަށް އެދޭ ފޯމު ބަލައިގަތުން  | 
 (4)  | 
 މި ގޮތަށް ފުރުޞަތުދޭ އިރު، ފަހުން ހުށަހަޅާ ވަޒީފާއަށް އެދޭ ފޯމު ގައި ޖަހަންވާނީ ފަހުން ފޯމު ހުށަހަޅާ ތާރީޚެވެ.  | 
| 
 
  | 
 
  | 
 
  | 
  | 
||
| 
 6.1 ވަޒީފާއަށް އެދިފައިވާ ފަރާތްތައް ސްކްރީންކުރުން  | 
 (ހ)  | 
 ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 78 ވަނަ މާއްދާގެ (ހ) ގެ 1، 2، 3، 9 އަދި 11 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، ވަޒީފާއަށް އައްޔަންކުރުމުގެ ޝަރުޠުތަކާއި، ވަޒީފާއަށް އެދި ހުށަހެޅުމަށް އިޢުލާންކޮށްފައިވާ މަޤާމުގެ އަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ބަލައި، އެ ޝަރުޠުތަކަށް ނުފެތޭ ހުށަހެޅުންތައް ސްކްރީންކޮށް ވަކިކުރަންވާނެއެވެ. އަދި މި ގޮތަށް ވަކިކުރެވޭ ހުށަހެޅުންތައް ބަލާނީ ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތަކެއް ކަމުގައެވެ.  | 
| 
 
  | 
 (ނ)  | 
 އެސްއެސް ރޭންކުގެ މަޤާމުތަކުގެ ތެރެއިން އަސާސީ ޝަރުޠުގައި ލިޔަންކިޔަން އެނގުން ހިމަނާފައިވާ މަޤާމުތަކަށް ބިދޭސީ މުވައްޒަފުންގެ ގޮތުގައި ކުރިމަތިލާ ފަރާތަކުން ލިޔަންކިޔަން އެނގޭކަމުގެ ލިޔުމެއް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާފައިނުވާ ނަމަ، އެ ފަރާތެއްގެ ހުށަހެޅުމަކީ ޝަރުޠު ފުރިހަމަނުވާ ހުށަހެޅުމެއް ކަމުގައި ބަލަންވާނީ ސްކްރީންކުރުމުގެ މަރުޙަލާގައި އެ އިދާރާއަކުން އެ ފަރާތަކީ ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުން ލިޔަންކިޔަން އެނގޭ ފަރާތެއްތޯ ބަލައި، ލިޔަންކިޔަން ނޭނގޭ ނަމައެވެ. 
  | 
  | 
||
| 
 6.4 ލޯކަލް ޕްރޮގްރާމުތައް ފުރިހަމަކުރުމުން ދޭ ލޯކަލް ސަނަދުތައް ވެލިޑޭޓްކޮށް ދަރަޖަކުރުން  | 
 (ހ)  | 
 ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ކުރިއަށްގެންދާ ޕްރޮގްރާމުތައް ފުރިހަމަކުރުމުންދޭ ސަނަދުތަކުގެ ތެރެއިން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ރިކޮގްނިޝަން ތައްގަނޑު ޖަހާފައިނުވާ ސަނަދުތައް ވެސް ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން ވެސް އިދާރާއިން ބަލައިގަންނަންވާނެއެވެ.  | 
| 
 
  | 
 (ނ)  | 
 މި މާއްދާގެ (ށ) ގައިވާ ކަންތައްތައް އިދާރާއިން ކަށަވަރު ކުރުމަށް ފަހު، ވަޒީފާ ހަމަޖައްސަން ފޮނުވާ ސީއެސްވިއުގަ ރިކުއެސްޓުގައި އެ ކަން ބަޔާންކުރަންވާނެވެ.  | 
| 
 
  | 
 (ރ)  | 
 ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޓްތަކުން ފުރިހަމަކުރާ ކޯސްތަކުގެ ސެޓްފިކެޓްތައް ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ވެލިޑޭޓްކޮށް ތައްގަނޑު ޖެހުމަށްފަހުގައެވެ.  | 
| 
 
  | 
 (ބ)  | 
 ރާއްޖޭގެ އިންސްޓިޓިއުޓަކުން (ކޮލެޖް/ޔުނިވަރސިޓީއަކުން) ކޯސްފުރިހަމަކޮށް ރާއްޖެއިން ބޭރުގެ ސެޓްފިކެޓް އެވާރޑިން ބޮޑީއަކުން ސެޓްފިކެޓް ދޫކުރާ ޙާލަތުގައި މި މާއްދާގެ (i) ނުވަތަ (ii) އާ އެއްގޮތަށް ޢަމަލުކުރަންވާނެއެވެ. (i) ރާއްޖޭގެ އިންސްޓިޓިއުޓަކުން (ކޮލެޖް/ޔުނިވަރސިޓީއަކުން) ކޯސްފުރިހަމަކޮށް ރާއްޖެއިން ބޭރުގެ ސެޓްފިކެޓް އެވާރޑިން ބޮޑީއަކުން ސެޓްފިކެޓް ދޫކުރާ ކޯސްތަކުގެ ކޯސް ނިންމިކަމުގެ ލިޔުން ދޫކޮށްފައިވާ ޙާލަތުގައި، އެ ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސުޕަވިޝަން ނަންބަރު/ބެޗްވެލިޑޭޝަން ނަންބަރު ޖަހާފައިވާ ނަމަ، އެ ލިޔުން ބަލައިގަންނަންވާނެއެވެ. (ii) ރާއްޖޭގެ އިންސްޓިޓިއުޓަކުން (ކޮލެޖް/ޔުނިވަރސިޓީއަކުން) ކޯސްފުރިހަމަކޮށް ރާއްޖެއިން ބޭރުގެ ސެޓްފިކެޓް އެވާރޑިން ބޮޑީއަކުން ސެޓްފިކެޓް ދޫކުރާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާ ޙާލަތުގައި އެ ސެޓްފިކެޓް ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ވެލިޑޭޓްކޮށް ތައްގަނޑު ޖެހުމަށްފަހުގައެވެ. 
 
  | 
  | 
||
| 
 8.1 ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓުދިނުމުގެ މިންގަނޑ  | 
 (ށ)  | 
 ސިވިލް ސަރވިސްގެ ސަޕޯޓް ސަރވިސް (އެސްއެސް 1 އިން އެސްއެސް 5) ގެ މަގާމުތަކަށް ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން އެއްވެސް ވަޒީފާއެއް އަދާކުރިކަމުގެ ލިޔުން ހުށަހަޅާފައިވާ ނަމަ / ސީއެސްވިއުގައިގެ ރެކޯޑުތަކުން ފެންނަން އޮތް ނަމަ، އެ މުއްދަތަށް ބަލައި ތަޖުރިބާއަށް ޕޮއިންޓް ދޭންވާނެއެވެ. ނަމަވެސް މި މާއްދާގެ ދަށުން ތަޖުރިބާ ގުނުމުގައި ސިވިލް ސަރވިސްގެ ސަޕޯޓް ސަރވިސް (އެސްއެސް 1 އިން އެސްއެސް 5) ގެ މަޤާމުތަކުގެ ތެރެއިން ލައިސަންސްއެއް/ވަކި ހުއްދައެއް ބޭނުންވާ މަޤާމުތައް އިސްތިސްނާވާނެއެވެ.  | 
  | 
||
| 
 8.3 ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތަޖުރިބާ  | 
 (ނ)  | 
 މި މާއްދާގެ (ށ) ގައި އެގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް، ދައުލަތުގެ އިދާރާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ސަޕޯރޓް ސަރވިސް ކެޓަގަރީ ފިޔަވައި އެހެން މަޤާމެއްގައި މަސައްކަތްކޮށްފައިވާ ފަރާތަކުން ސިވިލް ސަރވިސްގެ އިދާރީ ކްލެސިފިކޭޝަންގެ މަޤާމުތަކުގެ ތެރެއިން ޖީއެސް 1 އިން އެމްއެސް 2 ރޭންކުގެ މަގާމަކަށް ކުރިމަތިލައި ހުށަހަޅާ ވަޒީފާ އަދާކުރިކަމުގެ ލިޔުމުގައި މަޤާމުގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިނުވި ނަމަވެސް ލިޔުމުގައިވާ މުއްދަތަށް ބަލައި ތަޖުރިބާއަށް ޕޮއިންޓް ދޭންވާނެއެވެ.  | 
  | 
||
| 
 16.1 ވަޒީފާއަށް ހޮވޭފަރާތުގެ ކުށުގެ ރެކޯޑު ސާފުކުރުން  | 
 (ށ)  | 
 ސިވިލް ސަރވިސްގެ ވަޒީފާގައި ދެމިހުރި މުވައްޒަފަކު ވެސް ސިވިލް ސަރވިސްގެ އެހެން ވަޒީފާއަކަށް ކުރިމަތިލައި ހޮވޭ ހިނދު ކުށުގެ ރެކޯޑު ފޯމު ހުށަހަޅަން ޖެހޭނެއެވެ.  | 
| 
 16.1 ވަޒީފާއަށް ހޮވޭފަރާތުގެ ކުށުގެ ރެކޯޑު ސާފުކުރުން  | 
 (ނ)  | 
 (ނ) ކުށުގެ ރެކޯޑް އަންގައިދޭ ލިޔުން ވާންޖެހޭނީ އެ ލިޔުން ވަޒީފާއަށް ކުރިމަތިލާ ފަރާތުން އިދާރާއަށް ހުށަހަޅާ ތާރީޚަށް 3 މަސްދުވަސް ހަމަނުވާ ލިޔުމަކަށެވެ.  | 
| 
 
  | 
 (ރ)  | 
 ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 78 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ވަޒީފާއަށް ހޮވޭ ފަރާތަކީ އޭނާގެ މަންމަ، ނުވަތަ ބައްޕަ، ނުވަތަ ދަރިޔަކު، ނުވަތަ އަނތްބަކު، ނުވަތަ ފިރިޔަކު، ނުވަތަ އެއްބަނޑު އެއްބަފާ މީހަކު، ނުވަތަ އެއްބަނޑު މީހަކު، ނުވަތަ އެއްބަފާ މީހަކު ސީދާގޮތުން ސުޕަވައިޒްކުރަންޖެހޭ ނުވަތަ ރިޕޯރޓްކުރަންޖެހޭ ފަރާތެއް ނޫންކަން ކަށަވަރުކުރުން.  | 
  | 
||
| 
 
  | 
||
  | 
||
މި އުޞޫލާ ގުޅޭ އެންމެހައި ލިޔެކިޔުންތައް މި ކޮމިޝަނުގެ ވެބްސައިޓުގެ https://www.csc.gov.mv/Policy/Index/40 ލިންކުން ލިބިވަޑައިގަންނަވާނެކަމުގައި ވެސް ދެންނެވީމެވެ.
