ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.
މި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް 31 ޑިސެންބަރ 2024 ގެ ނިޔަލަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 27 މާރިޗް 2024 އިން 15 އެޕްރީލް 2024އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.
1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
2- ރަޖިސްޓްރީ ނަންބަރު.
3- އީމެއިލް އެޑްރެސް.
4- ގުޅޭނެ މޯބައިލް ނަންބަރު.
މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 އެޕްރީލް ވަނަ ދުވަހު 13:00 ގެ ކުރިން މިސްކޫލްގެ އީމެއިލް [email protected] އެޑްރެހަށް ފޮނުއްވުންއެދެމެވެ.
މި ބީލަމާއި ބެހޭގޮތުން ބޭއްވޭ ޕްރީބިޑްމީޓިން އޮންނާނީ 15 އެޕްރީލް 2024 ވަނަ ދުވަހު 13:30 ގައި މިސްކޫލްގެ އޮފީހުގައެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 16 އެޕްރީލް 2024 ވަނަ ދުވަހުގެ 11:00 ގައި މިސުކޫލްގެ އޮފީހުގައެވެ.
މިބީލަމާގުޅޭ ބީލަން ފޮތް މިއިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބަނޑިދޫ ސްކޫލް
ދ.ބަނޑިދޫ ، ދިވެހިރާއްޖެ
ފޯން :7952916
އީމެއިލް: [email protected]