މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2024/31 (13 މާރިޗު 2024) އަދި (IUL)14-E1/1/2024/34 (24 މާރިޗު 2024) އިޢުލާނާއި ގުޅޭ

  މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2024/31 (13 މާރިޗު 2024) އަދި (IUL)14-E1/1/2024/34 (24 މާރިޗު 2024) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

  ހަވާލާދީފައިވާ އިޢުލާނުތަކުގައި ދެންނެވިފައިވާ ސަޕޯޓް ސަރވިސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ފިޒިކަލް ފިޓްނަސް ޓެސްޓު ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ސްޓެޓަސް، މި އޮފީހުގެ ވެބްސައިޓު (www.customs.gov.mv) ގެ ހޯމް ޕޭޖްގެ "ރެކްރޫޓްމަންޓް ސްޓެޓަސް" އިން ބެލެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

  ސަޕޯޓް ސަރވިސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް އިންޓަވިއު ބާއްވާނެ ތަނާއި ތާރީޚް އެފަރާތްތަކަށް އަންގާނެ ކަމުގައި ދަންނަވަމެވެ.

  މި އިޢުލާނާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003499 ނުވަތަ 3322001 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އީމެއިލް ކުރައްވާއިރު ވަޒީފާއަށް ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަންބަރާއި  ގުޅޭނެ ފޯނު ނަންބަރު އަދި ކުރިމަތިލީ މަޤާމު އެނގޭނެހެން އީމެއިލްކުރެއްވުން އެދެމެވެ.

26 މާރިޗު 2024
ހޯދާ