މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބިންވެރިޔާ ސްކީމް ގެ ދަށުން މާލެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކާ ގުޅޭ

             ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކާއި ގުޅިގެން 14 މާރިޗް 2024 ގައި މި މިނިސްޓްރީއިން ނެރެފައިވާ ނޫސްބަޔާނާ ހަވާލާދީ ދަންނަވަމެވެ.

 

              ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކާގުޅޭ އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލު ކުރުމުގެ އިތުރުން، ގޯތި ލިބިފައިވާ ކަމުގެ ލިޔުން ހަވާލު ކުރުމަށް އެޕޮއިންޓްމަންޓް ހަމަޖައްސަން މުއްދަތެއް ދެވިފައިވީނަމަވެސް މި މުއްދަތުގައި ހުރިހާ ފަރާތަކުން ސޮއިކޮށް ނިމިފައިނުވާތީ، އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން 15 އޭޕްރިލް 2024 ވާ ހޯމަ ދުވަހުން ފެށިގެން އަލުން އެޕޮއިންޓްމަންޓް ހަމަޖައްސުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ. މި ގޮތުން މިކަމަށް އެދޭ ފަރާތްތަކުން، ހިޔާވެހި ޕޯޓަލް (www.hiyaavehi.housing.gov.mv) މެދުވެރިކޮށް ރަޖިސްޓަރީ/ލިޔުމާއި ހަވާލުވުމަށް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުޞަތު 14 އޭޕްރިލް 2024 ގައި ހުޅުވާލެވޭނެއެވެ.

26 މާރިޗު 2024
ހޯދާ