ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ވިލިނގިލީ ފަޅުތެރޭގައިވާ 2 ބާރޖު ނެގުމާއިބެހޭ

 ޤާނޫނު ނަންބަރ 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާގެ (ދ) ގެ ދަށުން މިކައުންސިލުން ހަދާފައިވާ ނަންބަރ. 2013/R-2038 ގަވައިދުގެ 3 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މިރަށު އުތުރުފަރާތު ފަޅުތެރެއަށް ހ. އެވަރޕީސް ޢަބްދުﷲ ސައްފަތު (ފޯންނަންބަރ. 7920373) ދޫކޮށްލާފައިވާ ތިރީގައި މިދަންނަވާ ތަކެއްޗަށް ކައުންސިލަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ފަހު އެ ދެބާރޖު 3 މަސްދުވަހުގެ ކުރިން އެތަނުން ނެގުމަށާއި، މި މުއްދަތުގައި ބާރޖުތައް ނުނަގައިފި ނަމަ މި އިޢުލާން ކުރެވޭ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައި މި ދެބާރޖަކީ ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައި އިތުރު އެންގުމަކާ ނުލައި މިކައުންސިލްގެ ނަންބަރ. 2013/R-2038 ގަވައިދުގެ 8 ވަނަ މާއްދާއާއި އެއްގޮތަށް ޢަމަލުކުރެވޭނެ ވާހަކަ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

1-      ބާރޖު (ދަގަޑު) ދިގު 102 ފޫޓް، ފުޅާ 32 ފޫޓް، އުސްމިން 8 ގޫޓުގެ

1 - ބާރޖު (ދަގަޑު) ދިގު 80 ފޫޓް، ފުޅާ 25 ފޫޓް، އުސްމިން 5 ފޫޓުގެ    

26 މާރިޗު 2024
ހޯދާ