އިޢުލާނު
ނަންބަރު: (IUL)GS-152-B/INDV/2024/05
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ލައިބްރަރީއަށް ފޮތްރެކް ހެދުމާއި ސްޓާފް 2 ފާހާނާ އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:
މިސްކޫލުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް ލައިބްރަރީއަށް ފޮތްރެކް ހެދުމާއި ސްޓާފް 2 ފާހާނާ އިމާރާތްކުރުމުގެ މަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
ބީލަމަށް ރަޖިސްޓްރީކުރުން
|
- މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން 17 އޭޕްރީލް 2024 ވާ ބުދަ ދުވަހުގެ ކުރިން ނަން ނޯޓް ކުރެއްވުން އެދެމެވެ. ނަން ނޯޓް ކުރެއްވުމަށް ގުޅުއްވާނީ 6660816 ނަންބަރާއެވެ. މެއިލް ކުރައްވާ ނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
- މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
- މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
|
- މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 18 އޭޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 12:30 ކުރިން މި ސްކޫލްގެ [email protected] އީމެއިލަށެވެ.
- މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 17 އޭޕްރީލް 2024 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލުގެ އިދާރާގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި މަސައްކަތާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
- މިމަސައްކަތާއި ގުޅޭގޮތުން ސާފުކުރަންޖެހޭ އެންމެހާ މަޢުލޫމާތެއް ސާފުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
|
ބީލަން ހުށައެޅުން
|
- ބީލަން ބަލާގަތުމާއި ހުޅުވުން އޮންނާނީ 21 އެޕްރީލް 2024 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި ސްކޫލް އިދާރާގައެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
- ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ބިޑެވެ.
|
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
16 ރަމަޟާން 1445
26 މާރިޗް 2024
ޙަސަން ޙަމީދު އިބްރާހީމް
ޕްރިންސިޕަލް