ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
ފައުންޑޭޝަން ސްޓޭޖް ދަރިވަރުންގެ ކުޅޭ ސަރަހައްދު ހިޔާކުރުން

* މިސްކޫލުގެ ފައުންޑޭޝަން ސްޓޭޖް ދަރިވަރުން ކުޅޭ ޕާކް ސަރަހައްދު ހިޔާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ މި މަސައްކަތް ކޮށް ދިނުމަށް ޝައުޤުވެރިވާ ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

* މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 އެޕްރީލް 2024 ވާ އާދީއްތަ  ދުވަހުގެ 10:00 ގެ ކުރިން

ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

މި މަސައްކަތާއި ގުޅޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 14 އެޕްރީލް 2024 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި

މިސްކޫލުގެ އޮފީހުގައެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  18 އެޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި

މިސްކޫލް އޮފީހުގައެވެ.

މިމަސައްކަތަށް ކުރިމަތި ލައްވާ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

މަސައްކަތުގެ އަގު                    80 ޕަސެންޓް

މަސައްކަތުގެ ތަޖުރިބާ                   10 ޕަސެންޓް

މުއްދަތު                          10 މާކުސް

މާލީ ގާބިލުކަން                       10 ޕަސެންޓް

  • މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ރަތަފަންދޫ ސްކޫލް

ގދ ރަތަފަންދޫ، ދިވެހިރާއްޖެ

ފޯން: 7983087

އީމެއިލް: [email protected]

26 މާރިޗު 2024
ހޯދާ