ދިވެހިރާއްޖެ
SAARC Scholarship Master of Science in Rehabilitation Science Program 2024 / Bangladesh |
|||
މާސްޓަރސް ޑިގްރީ |
ކޯހުގެ ލެވެލް: |
||
މާސްޓަރސް އިން ރިހެބިލިޓޭޝަން ސައިންސް |
ކޯހުގެ ދާއިރާ: |
||
5 ފުރުޞަތު |
ކޯހުގެ އަދަދު |
||
މާސްޓަރސް ޑިގްރީ 1.ފިޒިއޮތެރަޕީ ، އޮކިއުޕޭޝަނަލް ތެރަޕީ ، ސްޕީޗް ލެންގުއޭޖް ތެރަޕީ ، މެޑިސިންގ، ނާރސިންގ، ޕްރޮސްތެޓިކްސް ނުވަތަ އޯތޮޓިކްސް ކޯހުގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލުކުރައްވާފައިވުން. 2. TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރއޯލް ސްކޯ މަދުވެގެން 6.0 ލިބިފައިވުން. ނުވަތަ ކޯހާއި ގުޅޭގޮތުން އަޕްލޯޑްކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ އިނގިރޭސި ރިކުއަރމަންޓް ހަމަވުން. 3.ކޯހާއި ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ އިންޓާރންޝިޕް / މަސައްކަތު ތަޖުރިބާ ލިބިފައިވުން. އެހެނިހެން ޝަރުތު 1.އެދޭ ކޯހާއި ގުޅޭގޮތުން ބަންގްލަދޭޝް ހެލްތް ޕްރޮފެޝަން އިންސްޓިޓިއުޓް ނުވަތަ މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑުކުރެވިފައިވާ އިންފޮމޭޝަން ޝީޓުގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން. އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1.މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން. 2.އެދޭ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން. |
ކޯހުގެ ޝަރުތު: |
||
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ތަކެތި. 1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. 2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް). 3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 4. މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ 5. އެޕްލިކޭޝަން ފޯމު 6. އެޕްލައިކުރާ ކޯހާއި ގުޅޭ ދާއިރާއެއްގައި 1އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ކަމުގެ ލިޔުމެއް. 7. ކޯހާއި ގުޅޭގޮތުން އަޕްލޯޑުކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި އަދި ވެބްސަޓުގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށް ދިނުމަށްޓަކައި، އެއާގުޅޭ ލިޔުން. 8. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. 9. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް. 10. މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާކޮށް އެފަރާތުގެ ލިޔުމެއް. |
ހުށަހަޅަންޖެހޭ ތަކެތި: |
||
- މި ސްކޮލަރޝިޕައް ހޮވޭ ދަރިވަރިންގެ ޙަރަދު ހަމަޖައްސާނީ ސާރކް ޑިވެލޮޕްމަންޓް ފަންޑްއިނެވެ. - މި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތާއި ލިބޭ ޙަރަދުތަކުގެ ތަފްސީލް މިމިނިސްޓްރީގެ ވެބްސައިޓުންނާއި ތިރީގައިވާ ލިންކް އިން ލިބޭނެއެވެ. https://www.bhpi.edu.bd/department/rehabilitation-science-international-program/
- މި ސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓް ކުރެވޭނެއެވެ. އަދި ފައިނަލް ސިލެކްޝަން ހަދާނީ ސްކޮލަރޝިޕް އިންތިޒާމްކުރާ ފަރާތުންނެވެ. - މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓް ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކުގެ އެޓެސްޓެޑް އޮރިޖިނަލް އަދި ކޮޕީ ސެޓެއް 25 އޭޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން މި މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ. އަދި މި އެޕްލިކޭޝަންއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްޞީލް މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާނެއެވެ. * ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަންޖެހޭނެއެވެ. * އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ. * މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ. |
އިތުރު މަޢުލޫމާތު: |
||
ސުންގަޑި: 21 އޭޕްރީލް 2024 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން |
|||
އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. |
|||
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026942 / 3026947 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ. |