ދިވެހިރާއްޖެ
މި ރަށު ވަގުތީމަންޒިލް ގޭގެ ދެކުނުންއޮތް ހުސްބިމުގައިހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު: (IUL)408-ESMS/408/2023/42 (04 އޮކްޓޫބަރު 2023) އަދި (IUL)408-ESMS/408/2023/52 (05 ޑިސެންބަރު 2023) އިޢުލާނަށް އެއްވެސްފަރާތަކުން އިޖާބަދީފައިނުވާތީ، 3 ވަނަ ފަހަރަށް އިޢުލާންކުރަމެވެ.
ވީމާ، އެ ސަރަޙައްދުގައިވާ ރުއްގަހުގެ ވެރިފަރާތެއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު 18 އޭޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މި އިދާރާއަށް ލިޔުމަކުން އެންގެވުން އެދެމެވެ.
އަދި ދަންނަވަމެވެ. މި އިޢުލާނާގުޅިގެން އެ ރުއްތަކާބެހޭގޮތުން އެއްވެސްފަރާތަކުން އިޖާބަދީފައި ނުވާނަމަ، ބަންޑާރަ ރުއްތަކެއް ކަމަށްބަލައި އެ ރުއްތަކާމެދު ޢަމަލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.