ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިއިންސްޓިޓިއުޓަށް ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މަސައްކަތުގެ ތަފުސީލު |
ބޭނުންވާ މީހުންގެ އަދަދު |
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 4 އަދި 5 ގެ ދިވެހި އަދަބިއްޔާތު ސިލަބަސް ލިޔުން |
2 |
28 އެޕްރީލް 2015 ވަނަ ދުވަހުގެ 11:00 އަށް |
03 މޭ 2015 ވަނަ ދުވަހުގެ 09:30 އަށް |
ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 2 ގެ ޤުރުއާން ފޮތްތަކުގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުމާއި ކީ ސްޓޭޖް 3، 4 އަދި 5 ގެ ސިލަބަސް ލިޔުން |
3 |
28 އެޕްރީލް 2015 ވަނަ ދުވަހުގެ 11:30 އަށް |
03 މޭ 2015 ވަނަ ދުވަހުގެ 10:00 އަށް |
ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 2 ގެ ކްރިއޭޓިވް އާރޓްސްގެ ފޮތްތަކުގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުމާއި ކީ ސްޓޭޖް 3 ގެ ސިލަބަސް އެކުލަވާލުމުގައި ކޭމްބްރިޖް ޔުނިވަރސިޓީއަށް އެހީތެރިވެދިނުން |
3 |
28 އެޕްރީލް 2015 ވަނަ ދުވަހުގެ 13:00 އަށް |
03 މޭ 2015 ވަނަ ދުވަހުގެ 10:30 އަށް |
ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 5 ގެ ދިވެހި ސިލަބަސް ލިޔުން |
1 |
28 އެޕްރީލް 2015 ވަނަ ދުވަހުގެ 13:30 އަށް |
03 މޭ2015 ވަނަ ދުވަހުގެ 11:00 އަށް |
ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 5 ގެ އިސްލާމް ސިލަބަސް ލިޔުން |
1 |
28 އެޕްރީލް 2015 ވަނަ ދުވަހުގެ 14:00 އަށް |
03 މޭ 2015 ވަނަ ދުވަހުގެ 11:30 އަށް |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައިވާ ތާވަލާ އެއްގޮތަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3012378 ނަންބަރު ފޯނާއެވެ.
02 ރަޖަބު 1436