މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މޮނިއުމަންޓް ފަރުމާކުރުން

މިއިދާރާގެ ނަންބަރު:  (IUL)305-ME305/305/2024/30 (13 މާރޗް 2024)  އިޢުލާނާއި ގުޅިގެން ޑިޒައިން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެޢިލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ

ރ.މާކުރަތުގެ މޮނިއުމަންޓް ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިފުރުޞަތުގައި އެންމެ ރަނގަޅު މޮނިއުމަންޓް ފަރުމާކޮށްގެން 1 ވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި 5000.00 (ފަސް ހާސް ރުފިޔާ) ދިނުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ކުރުމުގެ ފުރުޞަތު ހުރިހާ ޢުމުރުފުރައަކަށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

ވީމާ، ރ.މާކުރަތުގެ މޮނިއުމަންޓް ފަރުމާ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 އޭޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ފަރުމާކޮށްފައިވާ މޮނިއުމަންޓް ހުށަހެޅުއްވުން އެދެމެވެ. މޮނިއުމަންޓް ފަރުމާކޮށް ހުށަހަޅުއްވާނީ "ރަށުގެ މޮނިއުމަންޓް ފަރުމާކުރުމުގެ މަޢުލޫމާތު ކަރުދާސް" ގައިވާ ގޮތަށެވެ. މި މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ވަނީ އާންމު ކުރެވިފައެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

24 މާރިޗު 2024
ހޯދާ