މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު – ޕިކްނިކް އޭރިއާ ސަރަޙައްދު ސާފުކޮށް، މަރާމާތުކޮށް ބެލެހެއްޓުން

އިޢުލާން 

ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު – ޕިކްނިކް އޭރިއާ ސަރަޙައްދު ސާފުކޮށް، މަރާމާތުކޮށް ބެލެހެއްޓުން

      ރ.އިނގުރައިދޫ ޕިކްނިކް އޭރިއާ ސަރަޙައްދު ސާފުކޮށް، މަރާމާތުކޮށް ބެލެހެއްޓުމަށް މިއިދާރާއިން ކުރެވިފައިވާ ނަންބަރު (IUL)309-ESM/309/2024/18 އިޢުލާނަށް އެކަށީގެންވާ ގޮތެއްގައި ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. އެގޮތުން ޕްރޮޕޯސަލް ކާމިޔާބުކުރާ ފަރާތަކަށް އެއްވެސް ކުއްޔަކާއިނުލާ 15 ފޫޓު 10 ފޫޓު ގެ ޖާގައެއް އަމިއްލައަށް ހަދާގޮތަށް (ގާޑިޔާ/ ޓޭކްއަވޭ) ވިޔަފާރި ކުރުމަށް 5 އަހަރުގެ މުއްދަތަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޝަރުޠުތައް:

  • ދުވާލަކު އެއްފަހަރު ކުނިކެހުން.
  • ކުނި ގެންދިއުމަށް ކަނޑައެޅިފައިވާ ސަރަޙައްދަށް (ވޭސްޓް މެނޭޖްމަންޓް ސެންޓާރ) ކަނޑައެޅިފައިވާ ދުވަސްތަކުގައި ކުނިއުކާލުން.
  • ފެހި މާހައުލަކަށް ހެދުމަށްޓަކައި ގަސް އިންދާ ބެލެހެއްޓުން.
  • ތަނުގެ ކުދި ކުދި މަރާމާތުކުރުން.

ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މައިގަނޑު ބައިތައް އަދި އެބައިތަކަށް މާކްސް ދެވޭނެ މިންވަރު:

#

މައިގަނޑު ބައިތައް

މާކްސް (0)

1

އަހަރެއްގެ މައްޗަށް މަރާމާތަށް ހޭދަކުރެވޭނެ މިންވަރު

50

2

5 އަހަރުތެރޭ ޕިކްނިކް އޭރިއާ ތަރައްޤީކުރުމަށް ކޮށްދޭނެ ކަންކަން ( އަހަރަކު ކޮށްދޭނެ ކަންކަމާއި އެކަމަށްކުރާނެ ޚަރަދު ވަކިވަކިން ހިމަނަންވާނެއެވެ.)

50

 

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 15 އެޕްރީލް 2024 ވާ ހޯމަ ދުވަހުގެ 11:30 އަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަޑައިގެންދެއްވުން އެދެމެވެ. މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

        ފޯނު ނަންބަރު: 6580028

        އީ-މެއިލް: [email protected]

25 މާރިޗު 2024
ހޯދާ