ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ވާދޫ ގްރީން ހައުސްގެ ވަށައިގެން ފެންސު ޖެހުން

ގދ.ވާދޫ ގްރީން ހައުސްގެ ވަށައިގެން ފެންސު ޖެހުން:

ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑައިވަރސިފިކޭޝަން ޕްރޮގްރާމްގެ ދަށުން ގދ.ވާދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 03 ގްރީން ހައުސް ހިމެނޭ ސަރަޙައްދު ވަށައިގެން ފެންސު ޖަހާނެ ފަރާތެއް ބޭނުން ވެގެންކުރި މިއިދާރާގެ ނަންބަރު: IUL/2015/21ފ421 (01 އެޕްރީލް 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 11 މޭ 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރު ނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މިއިދާރާގެ ފޯން ނަންބަރު 6840005 އާ ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

21 އޭޕްރިލް 2015
ހޯދާ