ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުޞޫލު
މި އުޞޫލަކީ ޤާނޫނު ނަންބަރު 2002/01 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދު އަދި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ހިންގުމުގެ ޤަވާޢިދު 2019/R-1002 ގެދަށުން 21 މާރިޗު 2024 ގައި ފާސްކޮށްފައިވާ މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލުގެ ލޭންޑްޔޫސް ޕްލޭންގައިވާ، ކައުންސިލުގެ އިޙްތިޞާސްގައި ހިމެނޭ ބިމުގެ ޞަރަހައްދުން ދިރިއުޅުމަށްޓަކައި 1200 (ބާރަ ސަތޭކަ) އަކަފޫޓު ގެ 183 (ސަތޭކަ އަށްޑިހަ ތިނެއް) ގޯތި ދޫކުރުމުގައި ޢަމަލުކުރާނެގޮތް ބަޔާންކުރާ އުޞޫލެވެ. |
(ހ) |
1. |
ތަޢާރަފް |
|
މި އުޞޫލަށްކިޔާނީ "މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު" އެވެ. |
(ށ) |
|
|
|
|
|
|
|
|
މި އުޞޫލުގެ މަޤްޞަދަކީ، މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީގެ އިޚްތިޞާޞް ގައި ހިމެނޭ ބިމުގެ ސަރަޙައްދުގެ ތެރެއިން ދިރިއުޅުމަށްޓަކައި ދޫކުރަން ހަމަޖެހިފައިވާ ގޯތި ދޫކުރުމުގައި ޢަމަލުކުރެވޭނޭ އުޞޫލުތަކާއި ގޯއްޗަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތައް ބަޔާންކުރުމެވެ. |
(ހ) |
2. |
މަޤްޞަދު |
|
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާންމު މަޤްސަދުގެ އިތުރުން، މި އުޞޫލުގެ މަޤްސަދުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހާޞިލުކުރުން ހިމެނެއެވެ. |
(ށ) |
|
|
|
ގޯތި ދޫކުރުމުގެ މަސައްކަތް ހަމަހަމަކަމާއި އިންސާފުވެރިކަމާއި، އަދި ދެފުށް ފެންނަ ގޮތުގައި ކުރިޔަށް ގެންދިޔުން؛ |
1. |
|
|
|
ގޯތި ދޫކުރެވޭ ފަރާތްތަކަކީ ބޯހިޔާވަހިކަމުގެ ޒަރޫރަތެއް އޮތް، އަދި ބިމުގެ ތަނަވަސްކަން ކުޑަ މީހުންކަން ކަށަވަރުކުރުން؛ |
2. |
|
|
|
ގޯތި ދޫކުރުމުގެ މަސްޢޫލިއްޔަތު ހަވާލުކުރެވޭ ވިލަރެސްކުރާ ކޮމިޓީ އެކުލަވާލުމާއެކު އެ ކޮމިޓީގެ މަސްޢޫލިއްޔަތު ބަޔާންކުރުން. |
3. |
|
|
|
|
||||
މި އުޞޫލު ހިންގާ ތަންފީޒުކުރާނީ މާޅޮސްމަޑުލު ދެކުނުބުރި އޭދަފުށީ ކައުންސިލުގެ އިދާރާއިންނެވެ. |
3. |
އުޞޫލު ތަންފީޒުކުރާ ފަރާތް |
||
|
|
|
||
މި އުޞޫލުގައި ވާ ގޮތުގެ މަތިން ގޯތި ދޫކުރުމުގެ އެންމެހާ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި، 15 (ފަނަރަ) މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ވިލަރެސްކުރާ ކޮމެޓީއެއް އެކުލަވައިލަންވާނެއެވެ. |
4. |
ވިލަރެސްކުރާ ކޮމެޓީ |
||
|
|
|
||
މި އުޞޫލުގެ 2 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވިލަރެސްކުރާ ކޮމެޓީ އެކުލަވާލުމަށްޓަކައި އަންނަނިވި ދާއިރާތައް ތަމްސީލުވާގޮތަށް 15 (ފަނަރަ) މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމެޓީއެއް، މި އުޞޫލަށް ޢަމަލުކުރަން ފަށާތާ 10 (ދިހަ) ދުވަސްތެރޭގައި އެކުލަވައިލަންވާނެއެވެ. |
(ހ) |
5. |
ވިލަރެސްކުރާ ކޮމިޓީ އެކުލަވައިލުން |
|
ކައުންސިލް ތަމްސީލުކުރާ 7 (ހަތެއް) މެންބަރުން؛ |
1. |
|
|
|
ކައުންސިލުން ކަނޑައަޅައި ކައުންސިލުގެ އިދާރާގެ 02 (ދޭއް) މުވައްޒަފުން. |
2. |
|
|
|
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަމްސީލުކުރާ މެންބަރެއް؛ |
3. |
|
|
|
ޢާންމު ރައްޔިތުންގެ ތެރެއިން 5 (ފަހެއް) މެންބަރުން. |
4. |
|
|
|
ވިލަރެސްކުރާ ކޮމިޓީގެ ތެރޭގައި ގޯއްޗަށް އެދި ހުށަހަޅާ ފަރާތެއް ހިމެނޭނަމަ، އެ ފަރާތެއްގެ ބަދަލުގައި ވަގުތީ މެންބަރެއް ޢައްޔަންކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. |
(ށ) |
|
|
|
މި މާއްދާގެ (ހ) ގެ ދަށުން ވިލަރެސްކުރާ ކޮމެޓީއަށް ޢައްޔަނުކުރާނޭ މެންބަރުން ހޮވުމުގައި ޢަމަލުކުރާނީ، ކައުންސިލުން އެކަމަށްޓަކައި ބާއްވާ ބައްދަލުވުމެއްގައި ފާސްކޮށްފައިވާ ގޮތުގެ މަތިންނެވެ. |
(ނ) |
|
|
|
|
|
|
|
|
މި އުޞޫލުގެ ދަށުން އެކުލަވައިލެވޭ ވިލަރެސްކުރާ ކޮމިޓީގެ މަސްޢޫލިއްޔަތުތަކަކީ؛ |
|
6. |
ވިލަރެސް ކުރާ ކޮމިޓީގެ މަސްޢޫލިއްޔަތުތައް |
|
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާ ބެހޭ ގަވާއިދާއި މި އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު، ގޯތި ދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަންކުރުމުގައި ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދިނުން؛ |
(ހ) |
|
|
|
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 7 ވަނަ މާއްދާގައިވާ އުޞޫލުން ގޯތި ދޭން ޝަރުޠު ހަމަވާ ފަރާތްތައް ކަނޑައެޅުން؛ |
(ށ) |
|
|
|
ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުގެ ހުށަހެޅުން ބެލުމަށް ފަހު، މި އުޞޫލުގެ ޖަދުވަލު 2 (ދޭއް) ގައި ހިމެނިފައިވާ ޕޮއިންޓު ދިނުމުގެ މިންގަނޑުގައިވާ ގޮތުގެ މަތިން، ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުން؛ |
(ނ) |
|
|
|
ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކަށް އެކަމުގެ ސަބަބާއެކު ލިޔުމުން ޖަވާބުދާރީވުން؛ |
(ރ) |
|
|
|
މި އުޞޫލުގައިވާ ގޮތުގެ މަތިން ގޯއްޗަށް ކުރިމަތިލާ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމްކުރުމާއެކު، ކޮމެޓީއަށް ހުށަހެޅޭ ޝަކުވާތަކަށް ޖަވާބުދާރީވުން؛ |
(ބ) |
|
|
|
މި އުޞޫލުގައި ބަޔާންކޮށްފައި ނުވާކަމެއް މެދުވެރިވެއްޖެނަމަ، އެ ކަމުގައި ގޮތް ނިންމުން؛ |
(ޅ) |
|
|
|
މި ނޫނަސް މި އުޞޫލު ތަންފީޒުކުރުމުގެ ގޮތުން، ކުރަންޖެހޭ އެންމެހައި ކަންކަންކުރުން. |
(ކ) |
|
|
|
|
|
|
|
|
މި އުޞޫލުގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ ވިލަރެސްކުރާ ކޮމެޓީ ދެމިއޮންނާނީ، ކައުންސިލުން ކޮމެޓީ އުފައްދާ ޤަރާރު ފާސްކުރާ ތާރީޚުން ފެށިގެން މި އުޞޫލުގެ ދަށުން ކޮމެޓީއާ މަތިކުރެވޭ މަސްޢޫލިއްޔަތުތައް ފުރިހަމަކޮށް، ގޯތި ދޫކުރަން ކަނޑައެޅޭ ފަރާތްތަކުގެ ދާއިމީ ލިސްޓާއި އެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ހަމަޖެއްސޭ ގޯތި ކަނޑައަޅަން ކުރިއަށް ގެންދެވޭ ގުރުއަތު ނެގުމުގެ ބައްދަލުވުން ނިންމުމަށް ފަހު، ގޯތި އެ ފަރާތްތަކާ ހަވާލުކުރަން ކައުންސިލާ ހަވާލުކުރެވޭ ތާރީޚާ ހަމައަށެވެ. |
(ހ) |
7. |
ވިލަރެސްކުރާ ކޮމެޓީގެ އުމުރު |
|
ވިލަރެސް ކޮމެޓީގައި އާއްމުންގެ ފަރާތުން ބައިވެރިވާން އެދޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަންވާނެއެވެ. މިގޮތުން ކޮމެޓީގައި ބައިވެރިވުމަށްއެދި އާންމުންގެ ފަރާތުން 05 (ފަހެއް) ފަރާތަށްވުރެ ގިނަ އަދަދަކަށް ކުރިމަތިލައިފިނަމަ، ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނުމުގައި ބަލާނީ ތަޢުލީމީ ފެންވަރަށާއި، މިފަދަ މަސައްކަތެއް ކުރެވިދާނެފަދަ ޤާބިލުކަންހުރި ފަރާތްތަކަށެވެ. ޤާނޫނީ ވަކީލެއްގޮތުގައި ކޮމިޓީގައި ހިމަނާނީ، ކައުންސިލް އިދާރާގެ ޤާނޫނީ ކަންކަން ޙަވާލުކޮށްފައިވާ ފަރާތެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ފަރާތެއް ކަނޑައަޅާނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ޖަލްސާއަކުންނެވެ. |
(ށ) |
|
|
|
މިކޮމެޓީގެ ކޯރަމަކީ، 08 (އަށެއް) މެންބަރުންނެވެ. ކޮމެޓީގައި މަޝްވަރާ ކުރެވޭ އެންމެހާ ކަންކަން ނިންމަންވާނީ ކޮމެޓީގެ އަޣުލަބިއްޔަތުންނެވެ. |
(ނ) |
|
|
|
|
|
|
|
|
މި އުޞޫލަށް ޢަމަލުކުރަން ފަށާނީ މި އުޞޫލު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. |
|
8. |
އުޞޫލަށް ޢަމަލު ކުރަންފަށާ ތާރީޚް |
|
|
|
|
|
|
މި އުޞޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަށް މި އުޞޫލެއް ނުހިނގާނެއެވެ. ނަމަވެސް މި އުޞޫލަށް ޢަމަލުކުރަން ފެށުމަށްފަހު މި އުޞޫލުގައި ލާޒިމްކޮށްފައިވާ އެންމެހާ ކަންކަން މި އުޞޫލުގެ ދަށުން ހިނގާނެއެވެ. |
|
9. |
ކުރީގައި ހިނގާފައިވާ ކަންކަމަށް މި އުޞޫލު ހިންގުން |
|
|
|
|
|
|
މި އުޞޫލަށް ބަދަލު ގެނައުމަށް ބޭނުންވެއްޖެނަމަ މި އުޞޫލަށް ބަދަލުގެނެވޭނީ ގޯތި ދިނުމަށް މިއުޞޫލުގެ ދަށުން ޢައްޔަނު ކުރެވޭ ވިލަރެސްކުރާ ކޮމެޓީގެ ލަފަޔާއި އިރުޝާދުގެ މަތިން ކައުންސިލުގެ ޖަލްސާއަކުން ފާސްކޮށް އަދި އެ ނިންމުމަށް ކަމާބެހޭ ވުޒާރާއިން ހޯދަންޖެހޭ ލަފަޔާއި އިރުޝާދުލިބުމަށްފަހު، ނިންމުން ޢާއްމުކުރުމަށްފަހުއެވެ. މިގޮތަށް އުޞޫލަށް ބަދަލެއް ގެނެވުނުނަމަ މި އުޞޫލު ގެޒެޓް ކުރުމަށްފަހު އަލުން އިޢުލާނު ކުރަންވާނެއެވެ. |
|
10. |
އުޞޫލަށް ބަދަލު ގެނައުން |
|
|
|
|
|
|
ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދަކީ މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލުގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ބިމުގެ ސަރަޙައްދުގެ ތެރެއިން އަލަށް ހިއްކާފައިވާ ބިމުގެ ސަރަޙައްދެވެ. |
(ހ) |
11. |
ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދު |
|
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބިމުގެ ސަރަޙައްދު ފާހަނގަކޮށްފައިވާ ޗާޓު މި އުޞޫލުގެ ޖަދުވަލު 3 ގައި ހިމަނާފައިވާނެއެވެ. |
(ށ) |
|
|
|
|
|
|
|
|
ގޯއްޗަށްއެދި ހުށަހަޅަންވާނީ މި އުޞޫލުގެ ޖަދުވަލު 1 ގައިވާ ފޯމުންނެވެ. |
(ހ) |
12. |
ގޯއްޗަށްއެދި ހުށަހެޅުން |
|
ގޯއްޗަށްއެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފޯމާއެކު ހުށަހަޅަންވާނެއެވެ. |
(ށ) |
|
|
|
ފޯމު ފުރާފައި ހުންނަންވާނީ ދިވެހިބަހުން ސާފުކޮށް ކިޔަން އެގޭގޮތަށެވެ. |
(ނ) |
|
|
|
ފޯމުގެ އެއްވެސް ތަނެއްގައި ޓިޕެކްސް ޖެހުމަކީ މަނާކަމެކެވެ. ފޯމުގައި ހިމަނާފައިވާ މަޢުލޫމާތެއް ކަނޑަންވާނީ 1 (އެކެއް) ނުވަތަ 2 (ދޭއް) ރޮނގު ދަމައިގެންނެވެ. މީގެ އިތުރުން ރޮނގު ދަމައިގެން ތަނެއް ނުވަތަ ބައެއް ކަނޑާފައިވާނަމަ، އެތަނެއްގައި ނުވަތަ އެބައެއްގައި ފޯމުގެ ވެރިފަރާތުން ސޮއިކުރަންވާނެއެވެ. |
(ރ) |
|
|
|
ފޯމު ބަލައިގަތުމަށްފަހު، ފޯމު ބަލައިގަތްކަމުގެ ލިޔުން އެފަރާތަކަށް ދޫކުރަންވާނެއެވެ. މީގެއިތުރުން ފޯމު ބަލައިގަތް ލިޔުން ދޫކުރުމަށްފަހު އެފަރާތުގެ އިތުރު އެއްވެސް ލިޔުމެއް ނުވަތަ ލިޔުމެއްގެ ކޮޕީއެއް ފޯމާއެކު ބަލައިގަނެގެން ނުވާނެއެވެ. ނަމަވެސް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ފޯމު ހުށަހަޅާ ފަރާތުން ހުށަހަޅާފައިވާ ފޯމުގައި އިސްލާޙު ކުރަންޖެހޭ ކަމެއް ނުވަތަ ފޯމާއެކު މަދުވާ ލިޔުމެއް ނުވަތަ ކޮޕީއެއްވާނަމަ ކުރީގެ ފޯމު ބާޠިލްކޮށް، އިޞްލާޙުތަކާއެކު އަލުން ފޯމު ހުށަހެޅުމުގެ ފުރުޞަތު ދޭންވާނެއެވެ. |
(ބ) |
|
|
|
ގޯއްޗަށްއެދި ހުށަހަޅާ ފޯމު ހުށަހަޅަން ޙާޟިރުވާނީ ގޯއްޗަށްއެދި ހުށަހަޅާ ފަރާތް ނުވަތަ އެފަރާތުން ލިޔުމުން ބާރުދީފައިވާ ފަރާތެވެ. (މި ލިޔުމާއެކު ފޯމު ހުށަހަޅަން ޙާޟިރުވާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.) |
(ޅ) |
|
|
|
މި މާއްދާގެ (ޅ) ގައި އެހެން އޮތް ކަމުގައިވިޔަސް ގޯއްޗަށްއެދި ހުށަހަޅާ ފޯމު ކައުންސިލުން ކަނޑައަޅާ އީމެއިލް އެޑްރެސްއަށް ހުށަހެޅުމަށް މި އުޞޫލު ހުރަހެއް ނާޅައެވެ. އަދި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާނަމަ ފޯމު ހުށަހަޅަންވާނީ ގޯއްޗަށްއެދި ހުށަހަޅާ ފަރާތުގެ އީމެއިލް އެޑްރެހުންނެވެ. |
(ކ) |
|
|
|
|
|
|
|
|
ގޯއްޗަށްއެދި ހުށަހަޅާ ފަރާތުގައި ތިރީގައި ބަޔާންކުރެވިފައިވާ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ. |
|
13. |
ގޯއްޗައްއެދި ހުށަހަޅާމީހުންގެ ހުންނަންޖެހޭ ޝަރުޠުތައް |
|
ދިވެހިރައްޔިތަކު ކަމުގައިވުން. |
(ހ) |
|
|
|
ގޯތި ދޫކުރުމަށް ފޯމު ހުށަހަޅާ އެންމެފަހުގެ ތާރީޚާ ހަމަޔަށް މީލާދީގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއްކަމުގައިވުން. |
(ށ) |
|
|
|
ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން. (ލިބިފައި ނެތުންކަމަށް މާނަ ކުރަނީ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއްގެ ވަގުތީ ރަޖިސްޓްރީ ނުވަތަ ގޯތި ދިނުމުގެ ދާއިމީ ލިސްޓަކުން އެމީހަކަށް ގޯއްޗެއް ލިބިފައިވާކަން އަދި ޝަރުޢީ ކޯޓަކުން އެފަރާތަކަށް ހިބައިން ނުވަތަ ވަޞިއްޔަތުން ނުވަތަ ގަނެވިއްކުމުގެ މުޢާމަލާތަކުން ގޯއްޗެއް މިލްކުވެފައި ނުވުމަށެވެ.) |
(ނ) |
|
|
|
ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތެއް ކަމުގައި ނުވުން. |
|
|
|
|
ރާއްޖޭގެ އެއްވެސް ތަނަކުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް، އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން، ނުވަތަ 600 (ހަސަތޭކަ) އަކަފޫޓަށް ވުރެ ކުޑަ ބައެއް ރަޖިސްޓްރީވެފައިވާނަމަ ނުވަތަ ލިބިފައިވާނަމަ މިފަދަ ބައެއް މިއުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލަން އެއްބަސްވުން. (އެފަދައިން ލިބޭބައި ދޫކޮށްލަން އެއްބަސްވާކަމުގެ އިޤުރާރު ފޯމާއެކު ހުށަހަޅަންވާނެއެވެ.) |
(ރ) |
|
|
|
ސަރުކާރުން ހަދާފައިވާ ޢިމާރާތެއް ނުވަތަ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން. އަދި މިފަދަތަނެއް އަމިއްލަ ނަމުގައިއޮވެ މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 (ދޭއް) އަހަރު ދުވަހަށްވުރެ ގިނަދުވަސް ވެފައިވުން. |
(ބ) |
|
|
|
ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފްލެޓެއް ނުވަތަ ސަރުކާރުން ރާވާ އިންތިޒާމްކުރާ ބޯހިޔާވަހިކަމުގެ މަޝްރޫޢު އެއްގެ ދަށުން ދޫކުރާ ފްލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް އެމީހެއްގެ އަމިއްލަ ނަމުގައި ރަޖިސްޓްރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ 02 (ދޭއް) އަހަރަށްވުރެ ގިނަދުވަސް ވެފައިވުން. އަދި ސަރުކާރު ޙިއްސާވާ ނުވަތަ ބައިވެރިވާ ކުންފުންޏަކުން ނުވަތަ އަމިއްލަ ކުންފުންޏަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢު އެއްގެ ދަށުން ހަދަމުން ގެންދާ ފުލެޓެއް ނުވަތަ ދިރިއުޅުމަށް ދޫކުރާ ތަނަކަށް ފައިސާ ދައްކަމުންދާ ފަރާތަކަށްނުވުން. |
(ޅ) |
|
|
|
ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިތިބި އުފަންދަރިންނާއި އެމީހަކަށް ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުންގެ ޢަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއްލިބި ނުވަތަ އޮވެ އެގޯއްޗަކާއިމެދު ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އެމީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް މިއުޞޫލުގެ 07 ވަނަ މާއްދާގައިބުނާ ކޮމެޓީއަށް ފެނުން. |
(ކ) |
|
|
|
|
|
|
|
|
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދުގެ ބޭނުމަށް އަމިއްލަ ނުވަތަ ރާއްޖޭގެ އެއްވެސް ތަނަކުން ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ލިބިފައިވާ ބައި، ގޯއްޗެއް ލިބިގަތުމުގެ ބޭނުމުގައި، ދޫކޮށްލާނީ ދޫކޮށްލާ ގޯތީގައި އިތުރު ބެހެނިވެރިއެއް ހުރިނަމަ އެ ފަރާތަކަށެވެ. އަދި ދޫކޮށްލާ ގޯތީގެ ބެހެނިވެރިއެއް ނެތް ޙާލަތުގައި ދަޢުލަތަށެވެ. |
(ހ) |
14. |
ގޯތި ނުވަތަ ފްލެޓް ދޫކޮށްލުން |
|
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގައި ގޯތި ލިބޭ ފަރާތާއި ގޯތި ހަވާލުކުރާއިރު، އެ ފަރާތަކަށް ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ތަރިކައިން ލިބެން އޮތް ބައި ދޫކޮށްލަން އެއްބަސްވެ އިޤުރާރެއްގައި ސޮއިކުރަންވާނެއެވެ. މި ޙާލަތުގައި ތަރިކައިން ލިބެން އޮތް ބައި ދޫކޮށްލާނީ ގޯތީގެ ދެން ތިބި ވާރުތަވެރިންނަށެވެ. ވާރުތަވެރިން ނެތްނަމަ ދަޢުލަތަށެވެ. |
(ށ) |
|
|
|
ދޫކޮށްލާ ގޯއްޗަކީ އަމިއްލަކޮށްފައިވާ ގޯއްޗެއްނަމަ އެތަނުގެ އަގު އެތަން ލިބޭ، އެއްމެދު މިލްކުވެރިން ނުވަތަ ދަޢުލަތުން ގޯތި ދޫކޮށްލާ ފަރާތަށް އަނބުރާ ދައްކަންޖެހޭނެއެވެ. |
(ނ) |
|
|
|
ތަރިކައިން ދޫކޮށްލާ ބިމަކީ އަމިއްލަކޮށްފައިވާ ބިމެއްނަމަ، ތަރިކައިގެ މައްސަލަ ހިނގާއިރު އަމިއްލަކުރަން ހޭދަކޮށްފައިވާ ޚަރަދު (ގޯތި ދޫކޮށްލާ ފަރާތަށް ލިބެން އޮތް ބައިގެ އަކަފޫޓުން ޖެހޭވަރުގެ އަގު) އެ ގޯތީގެ ބައި، ދެން ލިބޭ ވާރުތަވެރިން ގޯތި ދޫކޮށްލި ފަރާތަށް ދޭންވާނެއެވެ. |
(ރ) |
|
|
|
ލިބިފައިވާ އަމިއްލަ ނުވަތަ ބަންޑާރަ ގޯތި ދޫކޮށްލަން އެއްބަސްވުމުން، އަލަށް ނަގާ ގޯތި އެ ފަރާތަށް ރަޖިސްޓްރީކޮށްދެވޭނީ ދޫކޮށްލި ގޯތީގެ ރަޖިސްޓްރީން އެ ފަރާތުގެ ނަން އުނިވުމުންނެވެ. |
(ބ) |
|
|
|
ދޫކޮށްލަނީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ލިބިފައިވާ ފްލެޓެއް/ރޯ ހައުސެއް ނުވަތަ ހައުސިންގ ޔުނިޓެއް ނަމަ، އެތަނެއް ދޫކޮށްލާނީ އެ ޕްރޮޖެކްޓެއްގެ ބެހެނިވެރި ނުވަތަ ހިންގި ފަރާތަށެވެ. |
(ޅ) |
|
|
|
ތަރިކައިން ލިބެން އޮންނަ ގޯތި ދޫކޮށްލުމުން އެތަން ލިބޭނީ މި ގޯތީގެ ދެން ތިބި ވާރުތަވެރިންނަށެވެ. |
(ކ) |
|
|
|
ތަރިކައިން ލިބެން އޮންނަ ބައި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކުގެ މަޢުލޫމާތު އެ ފަރާތްތަކުން އެ ކަމަށް އެއްބަސްވާ އިޤުރާރާއެކު ކަމާބެހޭ ޝަރުޢީ ކޯޓަށް ގޯތި ދޫކުރާ އިދާރާއިން ޙިއްޞާކުރަންވާނެއެވެ. |
(އ) |
|
|
|
މިއުޞޫލުގެ 13 ވަނަ މާއްދާގެ (ބ) އަދި (ޅ) ގައިވާ ގޮތަށް ގޯތި ނުވަތަ ފްލެޓް ދޫކޮށްލުމުން އަލަށް ނަގާ ގޯތި އެފަރާތަށް ރަޖިސްޓްރީ ކޮށްދެވޭނީ ދޫކޮށްލި ގޯތީގެ ނުވަތަ ފްލެޓުގެ ރެޖިސްޓްރީން އެމީހެއްގެ ނަން އުނިވުމުންނެވެ. |
(ވ) |
|
|
|
|
|
|
|
|
މި އުޞޫލުގެ ދަށުން އޭދަފުށީ ބިމުން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވަނީ 1200 (ބާރަސަތޭކަ) އަކަފޫޓު ގެ 183 (ސަތޭކަ އަށްޑިހަ ތިނެއް) ގޯއްޗެވެ. |
(ހ) |
15. |
ގޯތި ދޫކުރުން |
|
ގޯތި ދޫކުރުމަށް އިޢުލާނު ކުރުމުން ގޯއްޗަށްއެދި ހުށަހަޅާނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ ފޯމުންނެވެ. މިދެންނެވި ފޯމު ރަށުކައުންސިލުގެ އިދާރާއިން ލިބެންހުންނާނެއެވެ. އަދި އިދާރާގެ އޮންލައިން ޕުލެޓްފޯމުތަކުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. |
(ށ) |
|
|
|
ގޯއްޗަށްއެދޭ ފޯމު ދޫކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ގޯތި ދޫކުރަން ރަށު ކައުންސިލުގެ އިދާރާގެ ފަރާތުން އިޢުލާނު ކުރުމުން އެ އިޢުލާނުގައި ކަނޑައެޅިފައިވާ ތާރީޚުގެ ނިޔަލަށެވެ. |
(ނ) |
|
|
|
|
|
|
|
|
ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ ޤަވާޢިދުގެ ބޭނުމަށް އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ބައެއް، ބިމެއް ލިބިގަތުމުގެ ބޭނުމުގައި ދޫކޮށްލާނީ، އެ ބިމަކުން ވާރުތަވާން ނުވަތަ ދެންތިބި ވާރުތަވެރިންނަށެވެ. އަދި ވާރުތަވެރިން ނެތް ޙާލަތުގައި މާޅޮސްމަޑުލު ދެކުނުބުރި އޭދަފުށި ކައުންސިލުގެ އިދާރާއަށެވެ. |
(ހ) |
16. |
ގޯތި ނުވަތަ ފުލެޓް ދޫކޮށްލުން |
|
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގައި ގޯތި ލިބޭފަރާތާއި ގޯތި ޙަވާލުކުރާއިރު އެފަރާތަކަށް ބަންޑާރަ ގޯއްޗަކުން ލިބެންއޮތްބައި ދޫކޮށްލުމަށް ޝަރުތުކޮށް މި އުޞޫލުގެ ޖަދުވަލު 1 ގައިވާ ފޯމުގައިވާ އިޤުރާރުގައި ސޮއިކުރަންވާނެއެވެ. އަދި މިފަދައިން ތަރިކައިން ލިބެންއޮތްބައި ދޫކޮށްލުމުން ދެން އެބައެއް ލިބެންވާނީ ދޫކޮށްލާ ބިމަކުން ވާރުތަވާން ނުވަތަ ދެންތިބި ވާރުތަވެރިންނަށެވެ. އަދި ވާރުތަވެރިން ނެތް ޙާލަތުގައި މާޅޮސްމަޑުލު ދެކުނުބުރި އޭދަފުށި ކައުންސިލުގެ އިދާރާއަށެވެ. |
(ށ) |
|
|
|
މިއުޞޫލުގެ 14 ވަނަ މާއްދާގެ (ބ) އަދި (ޅ) ގައިވާ ގޮތަށް ގޯތި ނުވަތަ ފްލެޓް ދޫކޮށްލުމުން އަލަށް ނަގާ ގޯތި އެފަރާތަށް ރަޖިސްޓްރީ ކޮށްދެވޭނީ ދޫކޮށްލި ގޯތީގެ ނުވަތަ ފްލެޓުގެ ރަޖިސްޓްރީން އެމީހެއްގެ ނަން އުނިވުމުންނެވެ. |
(ނ) |
|
|
|
މިއުސޫލުގެ 14 (ސާދަ) ވަނަ މާއްދާގެ (ބ) އަދި (ޅ) ގައިވާ ގޮތަށް ދޫކޮށްލި ގޯތީގެ ނުވަތަ ފްލެޓުގެ ރަޖިސްޓްރީން އެމީހެއްގެ ނަން އުނިކުރުމަށްއެދި 1 (އެކެއް) މަސްދުވަހުގެތެރޭގައި ކައުންސިލަށް ހުށަހަޅަން ވާނެއެވެ. |
(ރ) |
|
|
|
|
|
|
|
|
ގޯއްޗަށްއެދި ހުށަހަޅާ ފޯމާއެކު ބަޔާން ކުރެވިފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ. (ފޯމާއެކު ހުށަނާޅާ ލިޔުމެއްގެ މަޢުލޫމާތަށް ބިނާކޮށް ޕޮއިންޓެއް ނުދެވޭނެއެވެ.) |
(ހ) |
17. |
ގޯއްޗަށްއެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުން |
|
ގޯއްޗަށްއެދޭ މީހާގެ މުއްދަތުހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފޮޓޯ ކޮޕީ. |
1. |
|
|
|
ގޯއްޗަށްއެދޭ މީހާގެ އަނބި/ފިރިމީހާގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފޮޓޯ ކޮޕީ. |
2. |
|
|
|
ވަރި/ކައިވެނީގެ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ |
3. |
|
|
|
ގޯއްޗަށްއެދި ހުށަހަޅާ ފަރާތުގެ އުފަންދަރިން ދުނިޔޭގައި ތިބިނަމަ އެކުދިންގެ މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފޮޓޯ ކޮޕީ. ނުވަތަ އެކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީ. |
4. |
|
|
|
އުފަންދަރިން ފިޔަވައި ޝަރުޢީގޮތުން ކޯޓު މެދުވެރިކޮށް ބެލުން ޙަވާލުކޮށްފައިވާ 18 (އަށާރަ) އަހަރުން ދަށުގެ ކުއްޖަކު ނުވަތަ ގިނަ ކުދިން ތިބިނަމަ ކޯޓުން ނިންމިގޮތް އަންގައިދޭ ލިޔުމުގެ ކޮޕީ. |
5. |
|
|
|
ގޯއްޗަށްއެދޭ ފަރާތާއި، ގޯއްޗަށްއެދޭ ފަރާތުގެ އަނބި/ފިރިމީހާ އަދި ދަރިންގެ ރަށްވެހިކަން ބ.އޭދަފުއްޓަށް ބަދަލުކޮށްފައިވާނަމަ އެކަން އަންގައިދޭ ރަސްމީ އިދާރާއެއްގެ ލިޔުމުގެ ކޮޕީ. |
6. |
|
|
|
ގޯއްޗަށްއެދޭ މީހާގެ މަންމަ/ބައްޕަ އަދި ފިރިމީހާ/އަނބިމީހާގެ އިތުރުން 18 އަހަރުން ދަށުގެ ކުދިންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެންމެހާ ތަންތަނާއި، ބިމުގެ ރަޖިސްޓްރީގެ ކޮޕީ. |
7. |
|
|
|
ގޯއްޗަށްއެދޭ ފަރާތުގެ ފިރިމީހާ/އަނބިމީހާ އިތުރުން 18 އަހަރުން ދަށުގެ ކުދިންގެ ނަމުގައި އެއްމެދު ޢިމާރާތެއް ނުވަތަ އެއްމެދު ފުލެޓެއް އޮތްނަމަ އެތަނުގެ ރަޖިސްޓްރީގެ ކޮޕީ. |
8. |
|
|
|
ގޯއްޗަށްއެދޭ ފަރާތުގެ ބެލުމުގެ ދަށުގައި، ދާއިމީ ގޮތެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ހުރިނަމަ އެކުއްޖަކު ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީ ވެފައިވާ ކަމުގެ ލިޔުމުގެ ކޮޕީ |
9. |
|
|
|
|
|
|
|
|
ޝަރުޠު ހަމަވާ ފޯމުތަކުގެ ތެރެއިން ގޯތި ލިބޭނީ މި އުޞޫލުގައިވާ ޕޮއިންޓު ލިބޭ މިންގަނޑުތަކަށް ޕޮއިންޓު ދިނުމުން، ތަރުތީބުން އެންމެ މަތިން ޕޮއިންޓު ލިބޭ 183 (ސަތޭކަ އަށްޑިހަ ތިނެއް) ފަރާތަށެވެ. |
(ހ) |
18. |
ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުން. |
|
މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން 183 (ސަތޭކަ އަށްޑިހަ ތިނެއް) ފަރާތް ހޮވުމުގައި އެންމެފަހު ގޯއްޗަށް ނުވަތަ ގޯތި ތަކަށް ވާދަކުރަން އެއްފަރާތަށްވުރެ ގިނަފަރާތުން އެއް ޢަދަދަކަށް ޕޮއިންޓު ލިބިފައިވާނަމަ، އެންމެފަހުން ގޯތިލިބޭ ފަރާތްކަމުގައި ނިންމާނީ އެއްވަރުވި ފަރާތްތަކުގެ މެދުގައި މި އުޞޫލުގެ 15 (ފަނަރަ) ވަނަ މާއްދާއާއި އެއްގޮތަށް ގުރުއަތު ލައިގެންނެވެ. |
(ށ) |
|
|
|
183 (ސަތޭކަ އަށްޑިހަ ތިނެއް) ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ދެމަފިރިން ހިމެނިފައިވާނަމަ، ގޯތި ދޫކުރެވޭނީ އެ ދެފަރާތުންކުރެ އެންމެ މަތިން ޕޮއިންޓު ލިބިފައިވާ ފަރާތަށެވެ. |
(ނ) |
|
|
|
183 (ސަތޭކަ އަށްޑިހަ ތިނެއް) ގޯތި ލިބޭ ފަރާތްތަކުގެ ތެރޭގައި ދެމަފިރިން ހިމެނި، އެދެފަރާތުގެ ޕޮއިންޓު އެއްވަރުވެއްޖެނަމަ، ގޯތި ދޫކުރެވޭނީ ދެމަފިރިންގެ ނަމުގައެވެ. މިގޮތުން ދެމަފިރިންގެ ނަމުގައި ދޫކުރެވޭނީ 1 (އެކެއް) ގޯއްޗެވެ. މިގޮތަށް ދެމަފިރިން އެއްބަސްނުވާނަމަ ގޯތި ދޫކުރާނެ ފަރާތެއް ކަނޑައަޅާނީ، ދެފަރާތުން މަޝްވަރާކުރުމަށް މުހުލަތުދީ، ކަނޑައެޅޭ މުއްދަތެއްގެ ކުރިން ދެފަރާތުންކުރެ އެއްފަރާތުން ގޯތި ދޫކޮށްލާކަން ބަޔާންކޮށް ކައުންސިލުގެ އިދާރާއަށް ލިޔުމުން ހުށަހެޅުމުންނެވެ. |
(ރ) |
|
|
|
މި މާއްދާގެ (ރ) ގެ ދަށުން ދެވޭ މުއްދަތު ހަމަވާއިރު ގޯތި ދޫކޮށްލާ ފަރާތުން އެކަން ބަޔާންކޮށް ލިޔުމުން ކައުންސިލަށް ހުށަނާޅާނަމަ، ދެމަފިރިންގެ މެދުގައި ގޯތިލިބޭ ފަރާތެއް ކަނޑައަޅާނީ މި އުޞޫލުގެ 15 (ފަނަރަ) ވަނަ މާއްދާއާއި އެއްގޮތަށް ގުރުއަތު ލައިގެންނެވެ. |
(ބ) |
|
|
|
ފޯމު ހުށަހަޅާ އެންމެ ފަހު ދުވަހާއި ހަމަޔަށް ކައިވެނީގެ މަތީގައިތިބި ދެމަފިރިން ކަމުގައިވެފައި، ގޯތި ދޫކުރުމަށް ވަގުތީ ލިސްޓު އިޢުލާނުކުރާ ތާރީޚުގެ ފަހުން އެ ދެމަފިރިންގެ ކައިވެނި ރޫޅުން ކަމުގައިވިޔަސް ޢަމަލުކުރާނީ މި މާއްދާގެ (ނ) ، (ރ) އަދި (ބ) ގައި ބަޔާންކުރާ ގޮތަށެވެ. |
(ޅ) |
|
|
|
|
|
|
|
|
މި އުޞޫލުގެ 15 ވަނަ މާއްދާގެ (ނ) އަދި (ބ) ގައި ބަޔާންކުރާ ގުރުއަތުލުން ކުރިއަށް ގެންދަންވާނީ މި އުޞޫލުގެ 7 (ހަތެއް) ވަނަ މާއްދާގައި ބަޔާންކުރާ ކޮމެޓީގެ ބައްދަލު ވުމެއްގައެވެ. |
(ހ) |
19. |
ގުރުއަތުލުން |
|
މި ބައްދަލުވުން ބާއްވަންވާނީ ޢާއްމުކޮށް ހުޅުވާލެވިގެންނެވެ. |
(ށ) |
|
|
|
ގުރުއަތު ނެގުމަށްޓަކައި ބޭއްވޭ ބައްދަލުވުން ފެށުމުގެ 48 (ސާޅިސް އަށެއް) ގަޑިއިރުކުރިން ގުރުއަތުނެގުން ބޭއްވޭ ފަރާތްތަކަށް ގުރުއަތު ނެގުމުގައި ބައިވެރިވުމަށް ޙާޟިރުވާން އަންގަންވާނެއެވެ. |
(ނ) |
|
|
|
ދެފަރާތް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުލުމުގައި ގުރުއަތު ނަގާނީ ފޯމު ހުށަހެޅި ފަރާތުން ނުވަތަ އެފަރާތުން ލިޔުމުން ބާރުދީފައިވާ ފަރާތެކެވެ. |
(ރ) |
|
|
|
މި މާއްދާގެ (ރ) ގައި ބަޔާންކުރާ ފަރާތަށް ގުރުއަތުލުމަށް ހާޟިރުނުވެވޭނަމަ ނުވަތަ ވަކިފަރާތަކަށް ލިޔުމުން ބާރުދީފައިނުވާނަމަ، ނުވަތަ ގުރުއަތު ނެގުމަށް ބާއްވާ ބައްދަލުވުމަށް ހާޟިރުނުވާނަމަ، އެފަރާތުގެ ބަދަލުގައި ގުރުއަތު ނަގާނީ ކޮމެޓީ އިން ނިންމާ ފާސްކުރާ ކޮމެޓީގެ މެންބަރެކެވެ. |
(ބ) |
|
|
|
|
|
|
|
|
މި އުޞޫލުގެ ދަށުން ގޯތި ލިބޭ 183 (ސަތޭކަ އަށްޑިހަ ތިނެއް) ފަރާތުގެ ތެރެއިން އެއްވެސް ފަރާތެއްގެ ނަން ގޯތި ލިބޭފަރާތްތަކުގެ ލިސްޓުން އުނިވެއްޖެނަމަ ނުވަތަ ގޯތި ބާޠިލުކުރަން ޖެހިއްޖެނަމަ، އެ ފަރާތެއްގެ ނަން ލިސްޓުން އުނިކުރުމަށްފަހު އަލުން ލިސްޓު ތަރުތީބު ކުރަންވާނެއެވެ. |
(ހ) |
20. |
ގޯތިލިބޭ ފަރާތެއް ގޯތި ލިބޭ ލިސްޓުން އުނިވުން |
|
އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރި ވެއްޖެނަމަ ގޯތި ލިބޭފަރާތްތަކުގެ ލިސްޓުން އެފަރާތެއްގެ ނަން އުނިވާނެއެވެ. |
(ށ) |
|
|
|
ގޯތި ލިބުނުކަމަށް ލިސްޓުގައިވާ ފަރާތްތަކުން، ލިސްޓުން ނަން އުނިކުރުމަށް ނުވަތަ ގޯތި ބޭނުން ނޫންކަމުގައި ބަޔާންކޮށް ލިޔުމަކުން ހުށަހެޅުން. |
1. |
|
|
|
ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ޢާއްމުކުރުމާ ހަމައަށް، އެއްވެސް ފަރާތަކުން ދީފައިވާ އެއްވެސް މަޢުލޫމާތެއް ޞައްޙަނޫންކަން ކަށަވަރުވެ ޔަޤީންވުން. |
2. |
|
|
|
ދާއިމީ ލިސްޓު ޢާއްމުކުރުމުގެ ފަހުން އަދި ގޯތި ލިބިފައިވާ ކަމުގެ ލިޔުން ޙަވާލުވުމުގެ ކުރިން، ލިސްޓުގައިވާ އެއްވެސް ފަރާތަކުން، ރަށްވެހިކަން އެހެންރަށަކަށް ބަދަލުކުރުން. |
3. |
|
|
|
ގޯތި ކަނޑާ ވަގުތީ ރަޖިސްޓްރީ ހެދުމުގެ ކުރިން، ގޯއްޗަށްއެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓުގައިވާ ފަރާތެއް ނިޔާވުން. |
4. |
|
|
|
|
|
|
|
|
މި އުޞޫލުގެ ދަށުން ގޯތި ލިބޭފަރާތްތަކުގެ ވަގުތީ ލިސްޓު ޢާއްމު ކުރަންވާނެއެވެ. |
(ހ) |
21. |
ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު ޢާއްމުކުރުން |
|
ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު ޢާއްމުކުރުމުގައި، މި އުޞޫލުގެ 20 (ވިހި) ވަނަ މާއްދާގައި ބުނާ އުނި އިތުރުގެނެވޭ ކޮންމެ ފަހަރަކު އެ އުނި އިތުރާއިއެކު ލިސްޓު ޢާއްމުކުރަންވާނެއެވެ. |
(ށ) |
|
|
|
ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު ޢާއްމުކުރާ އިޢުލާނުގައި ތިރީގައިމިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ. |
(ނ) |
|
|
|
ގޯއްޗަށްއެދި ފޯމު ހުށަހެޅި ފަރާތުގެ ފުރިހަމަ ނަން. |
1. |
|
|
|
ގޯއްޗަށްއެދި ފޯމު ހުށަހެޅި ފަރާތުގެ ދާއިމީ އެޑްރެސް. |
2. |
|
|
|
ގޯއްޗަށްއެދި ފޯމު ހުށަހެޅި ފޯމުގެ ރިފަރެންސް ނަންބަރު. |
3. |
|
|
|
ޕޮއިންޓު ދިނުމުގެ މަރުޙަލާގައި ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތަށް ލިބިފައިވާ ޖުމްލަ ޕޮއިންޓު. |
4. |
|
|
|
|
|
|
|
|
މި އުޞޫލުގެ 21 (އެކާވީސް) ވަނަ މާއްދާގައި ބަޔާންކުރާ ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު ޢާއްމުކުރުމަށްފަހު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހުޅުވާލަންވާނެއެވެ. |
(ހ) |
22. |
ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން |
|
ގޯތި ލިބޭފަރާތްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށްޓަކައި، ކުރެވޭ އިޢުލާނުގައި ޝަކުވާ ހުށަހަޅަން ޢަމަލު ކުރަންޖެހޭ ގޮތުގެ ތަފްޞީލާއި، ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހިމަނަންވާނެއެވެ. |
(ށ) |
|
|
|
ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، ހުށަހެޅުނު ޝަކުވާތައް ކޮމެޓީން ބަލާ ދިރާސާކޮށް ކޮންމެ ޝަކުވާއަކަށް ވަކިވަކިން ލިޔުމުން ޖަވާބުދޭންވާނެއެވެ. |
(ނ) |
|
|
|
ހުށަހެޅޭ ޝަކުވާއެއްގެ ސަބަބުން، ނުވަތަ އެފަދަ ޝަކުވާއަކާއި ގުޅިގެން ކޮމެޓީން ހޯދި ހޯދުމަކުން ގޯތިލިބޭ ފަރާތެއް އުނިއިތުރުކުރަން ޖެހިއްޖެނަމަ، އެފަރާތެއް އުނިއިތުރުކޮށް މި އުޞޫލުގެ 21 (އެކާވީސް) ވަނަ މާއްދާއާއި އެއްގޮތަށް ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އަލުން ތަރުތީބުކޮށް ޢާއްމު ކުރަންވާނެއެވެ. |
(ރ) |
|
|
|
|
|
|
|
|
ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު ޢާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، ހުށަހެޅުނު ޝަކުވާތައް ދިރާސާކޮށް ބެލުމަށްފަހު، އުނި އިތުރެއް ގެންނަންޖެހޭނަމަ އެ އުނި އިތުރެއް ގެނައުމަށްފަހު ގޯތި ލިބޭ 183 (ސަތޭކަ އަށްޑިހަ ތިނެއް) ފަރާތުގެ ދާއިމީ ލިސްޓު ޢާއްމުކުރަން ވާނެއެވެ. |
(ހ) |
23. |
ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ޢާއްމުކުރުން |
|
ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ޢާއްމުކުރާ އިޢުލާނުގައި ތިރީގައިމިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ. |
(ށ) |
|
|
|
ގޯއްޗަށްއެދި ފޯމު ހުށަހެޅި ފަރާތުގެ ފުރިހަމަ ނަން. |
1. |
|
|
|
ގޯއްޗަށްއެދި ފޯމު ހުށަހެޅި ފަރާތުގެ ދާއިމީ އެޑްރެސް. |
2. |
|
|
|
ގޯއްޗަށްއެދި ފޯމު ހުށަހެޅި ފަރާތުން ހުށަހެޅި ފޯމުގެ ރިފަރެންސް ނަންބަރު. |
3. |
|
|
|
ޕޮއިންޓު ދިނުމުގެ މަރުޙަލާގައި ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތަށް ލިބިފައިވާ ޖުމްލަ ޕޮއިންޓު. |
4. |
|
|
|
|
|
|
|
|
ގޯތިލިބޭ ދާއިމީ ލިސްޓުގައިވާ 183 (ސަތޭކަ އަށްޑިހަ ތިނެއް) ފަރާތަށް ލިބޭ ގޯތި ކަނޑައަޅާނީ ދާއިމީ ލިސްޓު އިޢުލާނު ކުރުމަށްފަހުއެވެ. |
(ހ) |
24. |
ދާއިމީ ލިސްޓުގައިވާ ފަރާތްތަކަށް ގޯތި ކަނޑައެޅުން |
|
ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ގޯތި ކަނޑައަޅާނީ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓުގައިވާ ފަރާތްތަކުގެ މެދުގައި ނުވަތަ އެފަރާތްތަކުން ލިޔުމުން ބާރުދީފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ. މި ގުރުއަތު ނަގަންވާނީ ކޮމެޓީގެ ބައްދަލުވުމެއްގައެވެ. |
(ށ) |
|
|
|
ގުރުއަތު ނެގުން ކުރިއަށް ގެންދަންވާނީ، ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ދީފައިވާ ހިސާބު އަކުރު ބޭނުންކޮށްގެންނެވެ. |
(ނ) |
|
|
|
ގުރުއަތުނަގާނީ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓުގައިވާ ލިސްޓުގެ ތަރުތީބުންނެވެ. |
(ރ) |
|
|
|
ގުރުއަތުލުން އޮންނަ ތާރީޚާއި، ވަގުތާއި ގަޑި އިޢުލާނު ކުރަންވާނެއެވެ. |
(ބ) |
|
|
|
މި މާއްދާގެ (ށ) ގައި ބަޔާންކުރާ ބައްދަލުވުން ބާއްވަންވާނީ އާންމުކޮށް ހުޅުވާލައިގެންނެވެ. |
(ޅ) |
|
|
|
ގުރުއަތުލުން ބާއްވާ ބައްދަލުވުމަށް ގޯތިލިބޭ ފަރާތުން ނުވަތަ ލިޔުމުން ބާރުދީފައިވާ ފަރާތުން ޙާޟިރު ނުވާނަމަ، ގުރުއަތު ނަގާނީ މިމާއްދާގެ (ރ) ގައިވާ ތަރުތީބުން ކޮމެޓީގެ މެންބަރުންނެވެ. |
(ކ) |
|
|
|
|
|
|
|
|
ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާ ކުރާ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 20 (ވިހި) ދުވަހުގެ ތެރޭގައި، އެ އިޢުލާނާ ގުޅިގެން ގޯއްޗަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މި އުޞޫލުގެ 13 (ތޭރަ) ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަ ނުވާ ސަބަބު ބަޔާންކޮށް ލިމުން އެފަރާތަކަށް އަންގަން ވާނެއެވެ. |
(ހ) |
25. |
ގޯއްޗަށް ކުރަމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތައް ކަނޑައެޅުން |
|
ގޯއްޗަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތެއްގެ ޝަރުތު ފުރިހަމަ ނުވާކަމަށް ނުވަތަ ޝަރުތެއް އުނިވެއްޖެކަން ގޯއްޗަށް ކުރިމަތިލާން ހުށަހަޅާ ފޯމު ހުށަހެޅި ފަހުން އެއްވެސް މަރުޙަލާއެއްގައި ހާމަވެއްޖެނަމަ، ގޯތި ދޫކުރުމުގެ މަސައްކަތް އެވަގުތު އޮތް މަރުޙަލާއަކާ ހިސާބުން، އެ ފަރާތެއްގެ ޝަރުތު ފުރިހަމަ ނުވާކަމަށް ކަނޑައަޅައި، އެކަމުގެ ސަބަބާ އެކު ލިޔުމުން އެ ފަރާތްތަކަށް އަންގަންވާނެއެވެ. |
(ށ) |
|
|
|
|
|
|
|
|
ބ. އޭދަފުށިން ގޯތި ލިބޭ ފަރާތްތަކަށް ގޯތި ޙަވާލުކުރުމަށްފަހު އެއްގޯތި އަނެއްގޯއްޗަށް ބަދަލުކުރުމުގެ ފުރުޞަތު ދިނުމަށް އިޢުލާނު ކުރެވޭނެއެވެ. |
(ހ) |
26. |
ގޯތި ބަދަލުކުރުމުގެ ފުރުޞަތު ދިނުން |
|
ގޯތި ބަދަލުކުރުމަށް 7 (ހަތެއް) ދުވަހުގެ ފުރުޞަތެއް ދޭންވާނެއެވެ. |
(ށ) |
|
|
|
ގޯތި ބަދަލުކުރުމަށްދެވޭ 7 (ހަތެއް) ދުވަހުގެ މުއްދަތުގައި ގޯތި ބަދަލުކުރުމަށް ކައުންސިލަށް ހުށަނާޅާ ފަރާތްތަކަށް ފަހުން އެފުރުޞަތު ނުދެވޭނެއެވެ. |
(ނ) |
|
|
|
ގޯތި ދޫކުރުން ކަމުގައި ބުނެފައި އެވަނީ މި އުޞޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 183 (ސަތޭކަ އަށްޑިހަ ތިނެއް) ގޯތި ނުވަތަ ގޯތި ތަކުގެ މާނައިގައެވެ. |
(ހ) |
27. |
މާނަކުރުން |
|
ގޯތި ލިބޭ ފަރާތް ކަމުގައި ބުނެފައި އެވަނީ މި އުޞޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ލިބޭ މިންވަރަށް ޕޮއިންޓް ލިބިގެން ގޯތި ލިބޭނެކަމަށް ކަނޑައެޅިފައިވާ ފަރާތް ނުވަތަ ފަރާތްތަކެވެ. |
(ށ) |
|
|
|
ކޮމެޓީ ކަމުގައި ބުނެފައިއެވަނީ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ބަލަހައްޓަން އޭދަފުށީ ކައުންސިލުން އެކުލަވާލާފައިވާ ކޮމެޓީއަށެވެ. |
(ނ) |
|
|
|
ގޯއްޗަށް އެދޭ ފަރާތް ކަމުގައި ބުނެފައިއެވަނީ، ގޯތި ދޫކުރުމަށް ކުރެވޭ އިޢުލާނުގެ މުއްދަތުގައި ގޯއްޗަށްއެދި ހުށަހަޅަންޖެހޭ ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށެވެ. |
(ރ) |
|
|