ދިވެހިރާއްޖެ
އިއުލާން
އުނގޫފާރު ބަނދަރު ސަރަޙައްދުން 04 ބިން (ބޭންކް އޮފް މޯލްޑީވްސް އުނގޫފާރު ބްރާންޗް ކުރިމަތީ އޮތް ހުސްބިން) ބިޑު އުޞޫލުން 25 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް 18 އަހަރުން މަތީގެ ހުރިހާ ދިވެހިރައްޔިތުންނަށް ހުޅުވާލުން
ސުރުހީގައި ދެންނެވިފައިވާ 04 ބިން ބިޑް އުޞޫލުން 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ކައުންސިލުން ނިންމާފައިވާތީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިގޮތުން 2024 މާރޗް 31 ން ފެށިގެން 2024 އެޕްރީލް 11 ގެ ނިޔަލަށް ބިޑް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް މިދެންނެވުނު މުއްދަތުގެ ތެރޭގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން 12:00 ށް މިއިދާރާއިން ބިޑް ވިއްކަމުންދާނެއެވެ. ބިޑް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/5000 (ފަސްހާސް) ރުފިޔާ އަށެވެ. ބިޑް ގަންނަން ބޭނުންވާ ފަރާތްތަކުން ބިޑް ގަތުމަށް ދައްކަންޖެހޭ ފައިސާ ޖަމާކުރައްވާނީ މިއިދާރާގެ ނަންބަރު 7717 700465 001 1344 ރެވެނިއު 01 އެކައުންޓަށެވެ. އަދި ފައިސާ ޖަމާކުރެއްވި ސްލިޕް 9318970 ނަންބަރަށް ވައިބަރ ކުރެއްވުން އެދެމެވެ. ޓްރާންސްފަރ ސްލިޕްގެ ރިމާކްސްގައި ބިޑް ގަންނަ ފަރާތުގެ ނަމާއި އެޑްރެސް ޖެއްސެވުން އެދެމެވެ.
ބިޑް ބައްލަވައިގެންނެވި ފަރާތްތަކާއެކު މިއިދާރާއިން ބާއްވާ ޕްރީ ބިޑް މީޓިންގ އޮންނާނީ 2024 އޭޕްރީލް 16 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. ބިޑް ބައްލަވައިގެންނެވި ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް ޕްރީ ބިޑް މީޓިންގ އަށް ވަޑައިގެންނެވެން ނެތް ފަދަ ހާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭނެ ސިޓީއާއި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮން ކުންފުންޏެއް ތަމްސީލް ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑްގައި ލިޔެ ސްޓޭމްޕް ޖަހާފައިވާ ސިޓީއާއި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދި ދަންނަވަމެވެ. ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ 2024 މެއި 07 ވާ އަންގާރަ ދުވަހުގެ 11:00 ގައި އުނގޫފާރު ކައުންސިލްގެ އިދާރާގައެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްކަށް މިފުރުޞަތު ހުޅުވާލިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު ބިން ދޫކުރާ ސަރަޙައްދު ޗާޓް އެޓޭޗްކުރެވިފައިވާނެއެވެ.