މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމު ނުވަތަ މުދިމު

މަޤާމު:

އިމާމު ނުވަތަ މުދިމު ( މަޤާމުގެ ނަންބަރު: 224306)

މަޤާމު:

01 (އެކެއް)

ކްލެސިފިކޭޝަން:

އިމާމު: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުދިމު: އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

އިދާރާ:

މާލެއަތޮޅުތުލުސްދޫ ކައުންސިލްގެ އިދާރާ 

ޔުނިޓް:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލެއަތޮޅުތުލުސްދޫ ކައުންސިލްގެ އިދާރާގެ މިސްކިތްތައް

މުސާރަ:

އިމާމު: 4465.00 ރުފިޔާ، މުދިމު: 3565.00 ރުފިޔާ

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު 

މަޤާމުގެ ނަން

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މުދިމު

ޖީއެސް 1     

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، އިމާމުވެ ނަމާދުކުރަން އެގޭ މީހެއްތޯބެލުމާއި، އަދި އިމާމުވެ ނަމާދުކުރެވޭ ވަރަށް ތަޖުވީދުމަގުން ކީރިތި ޤުރުއާން ކިޔަވަން އެގޭތޯ ބެލުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން އަދި ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން.

އިމާމު

ޖީއެސް 3

އެސިސްޓެންޓް

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު

  • މުދިމު ކަމުގެސަނަދު ލިބފައިވުން.
  • ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެއޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އިމާމު

ޖީއެސް 4

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު

  • އިމާމުގެ މަޤާމުގައި ޖީއެސް 3 ރޭންކްގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޤަބޫލުކުރާ ދީނީ މަރުކަޒަކުން މަތީ ޘާނަވީ ސެޓްފިކެޓެއް ލިބިފައިވުން. ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އިމާމު

އެމްއެސް 1

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު

  • އިމާމު މަޤާމުގައި ޖީ.އެސް 4 ރޭންކްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ދީނީ ދާއިރާއަކުން ދިވެހރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އިމާމު

އެމްއެސް 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އިސް އިމާމު

އެމްއެސް 3      

ސިނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ލިބިފައިވުމާއެކު، އިމާމުގެ މަޤާމުގެ އެމް.އެސް 2ގެ ރޭންކްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު  މަސްއޫލިއްޔަތު: 

  • ފަރުޟު ފަސްނަމާދު ވަގުތުވަނުމުން ހަވާލުކުރެވިފައިވާ މިސްކިތުގައި ބަންގިގޮވާ އިމާމުވެ ނަމާދުކުރުން.
  • ފަރުޟު ފަސް ނަމާދުގެ އިތުރުން އިމާމުވެ ކުރަންޖެހޭ ނަމާދުތައްކުރުން.  
  • ކައުންސިލް އިދާރާއިން އަންގަވައިފިނަމަ މަރުވާމީހުން ހިނަވާ ކަށުނަމާދުކޮށް ވަޅުލުން. 
  • މިސްކިތުގައި ދީނީ ދަރުސް ދިނުންފަދަ ކަމެއްކުރާނަމަ އެކަމަކަށް އެހީތެރިވެ ދިނުމާއި އެކަމެއްނިމެންދެން މިސްކިތުގައި މަޑުކުރުން. 
  • މީގެ އިތުރުން މިސްކިތާ ގުޅޭގޮތުން ކައުންސިލް އިދާރާއިން އަންގާ ކަމެއް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލުމީހަކު ހޮވުމަށް ބެލޭނެކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ މަސައްކަތު ތަޖުރިބާ
  • މަސައްކަތު ހުނަރާއި ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކުރުން  

އިންޓަރވިއު ކުރުން

  • އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު އިޢުލާނުގެ މުއްދަތު ހަމަވުމަށްފަހު، ރަސްމީ މަސައްކަތު 10 ދުވަހުގެ ތެރޭގައި އަންގާނެއެވެ. އިންޓަވިއުއަށް ދުރުވާއިރު ހުށަހަޅުއްވާފައިވާ ލިޔުންތަކުގެ އަސްލު ހިއްޕަވައިގެން ދުރުވުންއެދެމެވެ.

މިމަޤާމަށް މީހަކުހޮވާނީ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއިން ފާސްވާ ފަރާތްތަކުގެތެރެއިން އެންމެގިނަ ޕޮއިންޓް ލިބޭފަރާތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  • އައިޑީ ކާޑް (ކިޔަންއެގޭ ސާފު) ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓްކޮށްފައިވާ) ކޮޕީ.  
  • ސްކޫލްގައި އުޅެފައިވާނަމަ ސްކޫލް ލީވިންގް ސެޓްފިކެޓްގެކޮޕީ.
  • ވަނަވަރު ނުވަތަ ސީވީ
  • ވަޒީފާއެއްގައި އުޅެފައިވާނަމަ އެވަޒީފާއެއްގައި އުޅުނުކަމުގެލިޔުން.
  • ވަޒީފާއެއްގައި އުޅެމުންދާ ފަރާތެއްނަމަ، ވަޒީއަދާކުރާފަރާތުގެ އިއުތިރާޒް ނުކުރާކަމުގެލިޔުން. 

ތަކެތި ހުށަހަޅަންޖެހޭ އޮފީސް: މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ

މުސާރައިގެ އިތުރުންދެވޭ އުޖޫރަތަކާއި ޢިނާޔަތްތައް: މިމަޤާމުގައި ވަޒީފާ އަދާކުރާ ފަރާތްތައް އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑި އާއި ބަންދު ދުވަހުގެ ފައިސާ އަދި މަސައްކަތަށް ރަގަޅުނަމަ ސިވިލްސަރވިސް މުވައްޒަފުންނާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ވަޒީފާގެ ކުރިއެރުންދެވޭނެއެވެ. އަދި އަހަރީޗުއްޓީގެ ގޮތުގައި ކޮންމެއަހަރަކު 30 ދުވަހާއި ހަމަޖެހިފައިވާ އުސޫލުން އާއިލީޒިންމާ ޗުއްޓީގެ 10 ދުވަސް ލިބޭނެއެވެ.

ތަކެތި ހުށަހަޅަންޖެހޭ ސުންގަޑި:

05 މޭ 2015 ވާ އަންގާރަ ދުވަހުގެ 14:00 ގެކުރިން މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ އަށެވެ.

ވަޒީފާއަށް އެދޭ ފޯމު މިއިދާރާއިންނާއި ސިވިލްސަރވިސްގެ ވެބްސައިޓް[email protected] އިން ޑައުންލޯޑްކޮށް ލިބެންހުންނާނެއެވެ.

ނޯޓް: މިއިޢުލާނަކީ މިއިދާރާގެ ނަންބަރު: IUL)333/333/2014/81) (ތާރީޚު:25 ޑިސެންބަރު 2014) އިޢުލާން ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކޮށް މިވަޒީފާއަށް އެއްވެސް ފަރާތަކުން ކުރިމަތި ނުލެއްވުމުން އެ އިޢުލާން ބާޠިލުކުރުމަށްފަހު، 3 ވަނަ ފަހަރަށް މިވަޒީފާއަށް މީހަކު ހޯދުމަށް ކުރެވިފައިވާ އިޢުލާނެކެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6640183 ފޯނާއެވެ. ފެކްސްއާއި އީމެއިލުން ފޮނުއްވާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

20 އޭޕްރިލް 2015
ހޯދާ