ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ، ރިފަރަލް އެންޑް މޮނިޓަރިންގ

މި އޮތޯރިޓީގެ ނަންބަރު IUL)450/1/2015/9) އިޢުލާނާ ގުޅިގެން ޑިރެކްޓަރ، ރިފަރަލް އެންޑް މޮނިޓަރިންގގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އަދަދު މަދުވުމާއެކު، އެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމު

ޑިރެކްޓަރ، ރިފަރަލް އެންޑް މޮނިޓަރިންގ  

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ

ރޭންކް: އީ.އެކްސް 1

މުސާރަ

މަހަކު -/8،835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2،000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/4،000 ރުފިޔާ

އެހެނިހެން

މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމަށް ޝަރުޠުކޮށް މުސާރައިގެ %35 ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

ސޯޝަލް ސައެންސްގެ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު އިޖުތިމާޢީ މަސައްކަތުގެ ދާއިރާއިން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. (ސޯޝަލް ސައެންސްގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް އިސްކަން ދެވޭނެއެވެ).

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އޮތޯރިޓީގެ ރިފަރަލް އެންޑް މޮނިޓަރިންގ ޑިވިޝަން ޤާއިމުކުރުމުގެ ފަންނީ މަސައްކަތްތައް ބޯޑު އަދި ސީ.އީ.އޯގެ އިރުޝާދާއެކު ކުރުން.
  • އޮތޯރިޓީއަށް ރިޕޯޓުކުރާ މައްސަލަތަކުގައި މަސައްކަތްތައް ކުރިއަށްގެންދާނޭގޮތާއި ކަމާގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތްކުރާނޭ ގޮތްތައް ރާވައި މި މަސައްކަތްތައްކުރުން.
  • އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި، އިންސާފު އަދި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައްކުރުން.
  • އޮތޯރިޓީއަށް ރިޕޯޓުކުރާ މައްސަލަތަކުގައި އަނިޔާ ކުރާ ފަރާތްތަކާއެކު މަސައްކަތް ކުރާނޭގޮތްތައް ރާވައި މި މަސައްކަތްތައްކުރުން.
  • އޮތޯރިޓީއަށް ރިޕޯޓުކުރާ މައްސަލަތަކުގެ ތެރެއިން ކަމާގުޅުންހުރި އެހެން މުއައްސަސާތަކަށް ހުށަހަޅަންޖެހޭ މައްސަލަތައް މުއައްސަސާތަކަށް ރިފަރކުރުމުގެ މަސައްކަތްތައް ކުރުން.
  • އޮތޯރިޓީން އެހެން މުއައްސަސާތަކަށް ރިފަރކުރާ މައްސަލަތައް މޮނިޓަރކޮށް، އަޅަންޖެހޭ ފިޔަވަޅު އެޅުން.
  • އޮތޯރިޓީއަށް ރިޕޯޓުކުރާ މައްސަލަތަކުގެ މަޢުލޫމާތު ހަމަޖެހިފައިވާ އުސޫލުން ރިކޯޑްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • އޮތޯރިޓީއަށް ރިޕޯޓުކުރާ މައްސަލަތަކުގެ ތަފާސްހިސާބު އެއްކުރުން.
  • އޮތޯރިޓީގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ މަސައްކަތްތައްކުރުން.
  • އޮތޯރިޓީގެ އަހަރީ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ހިއްސާކޮށް އަހަރީ ރިޕޯޓު ތައްޔާރުކުރުމުގައި އެހީތެރިވުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.

މިމަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  • މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު. 
  • ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)
  • މިހާރު ސިވިލް ސަރވިސްގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ، ފުރިހަމަކޮށްފައިވާ "މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް)

އިތުރު މަޢުލޫމާތު:

  • މި މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • މިވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ދިނުމަށްފަހު ހާޒިރީއާއި މަސައްކަތުގެ ފެންވަރަށްބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލުކަމަށް ބަލާ ކުރެވޭ އިންޓަވިއު އިން އެންމެ މަތިން މާރކްސް ލިބޭ ފަރާތެއްގެ ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.
  • އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމު ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 03 މޭ 2015 ވަނަދަހުގެ 14:30 ގެ ކުރިން މިއޮތޯރިޓީއަށް (ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާ، ކަލާފާނު ހިނގުން) ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުން http://fpa.gov.mv/downloads/FPA-Job-Application-latest.pdf

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން: 3010551

ފެކްސް: 3010552

އީމެއިލް: [email protected]

ވެބްސައިޓް: www.fpa.gov.mv

ފޭސްބުކް: www.facebook.com/fpa.maldives

02 ރަޖަބު 1436

21 އޭޕްރިލް 2015
ހޯދާ