މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ތުލުސްދޫގެ އިރު އިތުރު ފަރާތުގެ ޓޫރިސްޓް ބީޗް ތަރައްޤީ ކުރާނެ ފަރާތެއް ހޯދުންމަށް އަލުން އިޢުލާންކުރުން.

 

ކ. ތުލުސްދޫގެ އިރު އިތުރު ފަރާތުގެ ޓޫރިސްޓް ބީޗް ތަރައްޤީ ކުރާނެ ފަރާތެއް ހޯދުންމަށް އަލުން އިޢުލާންކުރުން.

 

މިކައުންސިލްގެ ނަންބާރ (IUL)333/333/2023/13 ގައި ކޮށްފައިވާ އިޢުލާނައި ގުޅިގެން ބިޑް ހުށައެޅިފަރާތްތަކުގެ ތެރެއިން އެންމެ ރަގަނޅު ބިޑް ހުށައެޅާފައިވާ ފަރާތައް ބިޑް އެވާރޑްކޮށް އެއްބަސްވުން ހެދިފައިވާ ފަރާތުން އެގްރިމަންޓް ކެންސަލް ކޮށްފައިވާތީ، މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް "ކ. ތުލުސްދޫގެ އިރު އިތުރު ފަރާތުގެ ޓޫރިސްޓް ބީޗް ތަރައްޤީ ކުރާނެ ފަރާތެއް ހޯދުންމަށް" އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 14 އޭޕްރިލް 2024 ވަނަ ދުވަހު 13:00 ގެ ކުރިން ލިންކް : https://forms.gle/XZPrZo5C4CYp4rwRA  މެދުވެރި ކުރައްވާ ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް 14 އޭޕްރިލް 2024 ވަނަ ދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 އޭޕްރިލް 2024ވަނަ ދުވަހުގެ 11:00 އަށް ޕޮރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.

24 މާރިޗު 2024
ހޯދާ