ދިވެހިރާއްޖެ
ގއ. ވިލިނގިލީ ކައުންސިލް އިދާރާގައި ކުރަންހުރި މަރާމާތާބެހޭ
މިއިދާރާގެ ފުރާޅަށް ބަދަލުގެނެސް ކުރަންހުރި މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު:B-407/2015/33 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ ބާޠިލުކޮށް، މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ތިންވަނަ ފަހަރަށް ހުޅުވާލައިފީމެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 03 މޭ 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި އަދި ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. މިމަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރާއިރު މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.
1- ހުށަހެޅޭ އަގަށް %60
2- ލިބިފައިވާ ތަޖުރިބާ އާއި މާލީ ތަނަވަސްކަމަށް %25
3- މަސައްކަތް ނިންމަން ހުށަހަޅާ މުއްދަތަށް % 15
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
01 ރަޖަބު 1436