ދިވެހިރާއްޖެ
އިޢުލާން
ފ. ދަރަނބޫދޫ ރަމްޒުކޮށްދޭނެ މޮނިއުމެންޓެއް ފަރުމާކުރުމަށް ފުރުޞަތު ހުޅުވާލުން
ފ. ދަރަނބޫދޫ ރަމްޒުކޮށްދޭނެ މޮނިއުމެންޓް ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. ފަރުމާކުރުމަށާއި ޑިޒައިން ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު އާންމު ކުރެވިފައިވާނެއެވެ.
މޮނިއުމެންޓް ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރިތަކަށާއި، ކުންފުނިތަކަށާއި، ޕާރޓްނާޝިޕްތަކާއި، ކްލަބްޖަމިއްޔާ ޖަމާއަތްތަކަށް ކުޅިވަރު ޓީމްތަކަށާއި، އަދި ގްރޫޕްތަކަށާއި، ޒުވާނުންނަށާއި އަދި އަމިއްލަ ފަރުދުންނަށެވެ. ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލްއެވެ. އެހެން ނަމަވެސް ޕްރޮޕޯސަލްގައި ބޭނުން އަދަދަކަށް ޑިޒައިން ހުށަހެޅިދާނެއެވެ. އެހެންނަމަވެސް ކޮންމެ ޑިޒައިންއަކަށްވެސް ވަކިން ޑިޒައިނާއިއެކު ހުށަހަޅަން ބުނެފައިވާ ތަކެތި ހުށަހަޅަންވާނެއެވެ.
ދަރަނބޫދޫ ރަމްޒުކޮށްދޭ މޮނިއުމެންޓް ފަރުމާ ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 އޭޕްރީލް 15 ވަނަ ދުވަހުގެ މފ 13:00 ގެ ކުރިން ފަރުމާކޮށްފައިވާ މޮނިއުމެންޓްގެ ކުރެހުން އަދި ފަރުމާކުރެއްވި ފަރާތުގެ ވަނަވަރު މިއިދާރާގެ އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. މިއިދާރާގެ އީމެއިލް އެޑްރެސްއަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ 6740015 ނަންބަރު ފޯނާއި ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.