ދިވެހިރާއްޖެ
އަމިއްލަ ތަކެތީގައި ޓީޗަރުންގެ ދަނާލްގައިވާ ދެކޮޓަރި، އެޕާރޓްމަންޓަކަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
ޓީޗަރުންގެ ދަނާލްގައިވާ ދެކޮޓަރި، އެޕާރޓްމަންޓަކަށް ބަދަލުކުރުމުގެ މަރަމާތު ކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން ޢަމަލުކޮށްދެއްވުން އެދެމެވެ.
މި މަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 28 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިމަދަރުސާއަށް ވަޑައިގެން ނުވަތަ ފޯނުން ގުޅައިގެން ރަޖިސްޓްރީ ކުރެއްވުން.
މަޢުލޫމާތު ސާފްކުރުން އޮންނާނީ 15 އޭޕްރީލް 2024 ވަނަ ދުވަހުގެ 11:00 ގައި ބ. އަތޮޅުމަދަރުސާގެ އޮފީހުގައެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 22 އޭޕްރީލް 2024 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13.00 ގައި ބ. އަތޮޅުމަދަރުސާގެ އޮފީހުގައެވެ.
މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާފަރާތަށް ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި އަންނަ ފަރާތުގެ އައިޑީ ކާޑްގެ ނަކަލެއް ގެންނަންވާނެއެވެ.
ބީލަމުގެ ރަޖިސްޓްރީގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގައްޔާއި، ބިޑްހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600034 ނަންބަރު ފޯނާއެވެ.
އީ-މެއިލް ކުރާނީ [email protected] އަށެވެ.
14 ރަމަޞާން 1445ހ.
24 މާރޗް 2024 މ.