ދިވެހިރާއްޖެ
ލ.ގަމު ތުނޑީ ބަނދަރުމަތީގައި ފެނަކައިން އިމާރާތްކޮށްފައިވާ ފެރީޓާމިނަލް މިކައުންސިލާ ހަވާލުކުރިއިރު އިމާރާތުގެ މަސައްކަތް އެއްކޮށް ނިމިފައިނުވާތީ އާއި އަދި އިމާރާތުގެ ބައެއްތަންތަން މަރާމާތު ކުރަންޖެހިފައި ވުމުގެ ސަބަބުން އެމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އަދި މިތަނުގެ ހިދުމަތްދިނުމަށްޓަކައި ހޯދަންޖެހޭ ބައެއްތަކެތި ހޯދަން ބޭނުންވެއެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ، ފަރުދުންގެވިޔަފާރި ނުވަތަ ކުންފުނިތަކުން 28 މާރިޗް 2024 ގެ 11:00 ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. އަދި ތިރީގައި މި ދަންނަވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ ބީލަމް ހުށަހެޅުއްވުން އެދެމެވެ.
# |
|
ތަން |
ތާރީޚް |
ގަޑި |
1 |
ބީލަމުގައި ރަޖިސްޓްރީވުން |
ބީލަމުގައި ރަޖިސްޓުރީވާ ލިންކް https://forms.gle/Cj3WoJsdCumtChce7 |
24 މާރިޗް 2024 އިން 28 މާރިޗް 2024 |
11:00 އަށް |
2 |
ބީލަމުގެ މަޢުލޫމާތު ދިނުން |
ފެރީޓާމިނަލް |
28 މާރިޗް 2024 |
13:00 |
3 |
ބީލަން ހުޅުވުން |
ލ.ގަމު ކައުންސިލް |
15 އޭޕްރީލް 2024 |
11:00 |
އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓުރީނުވާ ފަރާތް ތަކުން ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މި އިއުލާނާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ.