އިރުޝާދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ގްރޭޑް 1،2،3،4،5،6،7،8،9،10 އަދި އެލްކޭޖީ، ޔޫކޭޖީ ކުލާސްތަކަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން

ނަންބަރ: GS41-IUL/2023/09 

                          

އިޢުލާން

ގްރޭޑް 1،2،3،4،5،6،7،8،9،10 އަދި އެލްކޭޖީ، ޔޫކޭޖީ ކުލާސްތަކަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން

 

2024-2025 ގެ ދިރާސީ އަހަރު މި ސްކޫލުގެ ގްރޭޑް 1،2،3،4،5،6،7،8،9،10އަދި LKG، UKG އަށް ވަންނަންއެދޭ ދަރިވަރުންނަށް ސްކޫލަށް ވަނުމަށް އެދޭ ފޯމް ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ. 

 

ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އުމުރުފުރާތަކަށް ބަލާނެގޮތް:

 

ގްރޭޑް

2024/2025 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާ

LKG

2023 ވަނަ އަހަރުގެ ޑިސެމްބަރ 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

UKG

2024-2023 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަކޮށްފައިވުން

2023 ވަނަ އަހަރުގެ ޑިސެމްބަރ 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން

ގްރޭޑް 1

ފައުންޑޭޝަން ސްޓޭޖް (އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ)ފުރިހަމަކޮށްފައިވުން

2023 ޑިސެމްބަރ 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން

 

ވީމާ، މި ސްކޫލަށް ކުދިންވައްދަވަން އެދިލައްވާ ފަރާތްތަކުން ދަރިވަރުން ސްކޫލަށް ވައްދަންއެދޭ ފޯމް، ތިރީގައިވާ ލިންކް ނުވަތަ QR  ކޯޑް ބޭނުންކުރައްވައިގެން ފުރުއްވައި 28 މާޗު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. އޮންލައިން ފޯމް ފުރުއްވާއިރު އަޕްލޯޑް ކުރައްވަންޖެހޭ، ތިރީގައި މިދަންނަވާ ލިޔުންތައް ފުރިހަމަޔަށް އަޕްލޯޑް ކުރެއްވުމަށް ސަމާލުކަންދެއްވުމަށްވެސް ދަންނަވަމެވެ.

  • ދަރިވަރާއި ބެލެނިވެރިޔާގެ އައިޑީ ކާޑު (ދެފުށް ވަކިން)
  • ވެކްސިން ކާޑު

            ސްކޫލަށް ވަންނަން އެދި ހުށަހަޅުއްވާ ފަރާތްކަށް ޖާގަ ހަމަޖެހޭނަމަ، ޖާގަދޫކުރެވިފައިވާ ކަމުގެ ލިޔުން ދޫކުރެވޭނެ އެވެ. އަދި މިހާރުކިޔަވާ ސްކޫލުގެ ލީވިންގ ސެޓްފިކެޓް ހުށަހަޅުއްވާކަށް ޖެހިވަޑައިނުގަންނަވާނެ ވާހަކަވެސް ދަންނަވަމެ.

 

https://bit.ly/3Mf5ML8

 

 

 

 

 

 

                                                                             

24 މާރިޗު 2024
ހޯދާ