ދިވެހިރާއްޖެ
މި އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ އާއި ގުޅޭގޮތުން 20 މާރިޗު 2024 ގައި ކުރެވުނު އިޢުލާން ނަންބަރު TTAM/IUL/141/2024/002 އާއި ޙަވާލާދީ ދަންނަވަމެވެ.
މި އެސޯސިއޭޝަންގެ2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ، 28 މާރޗް 2023 ވާ ބުރާސްފަތި ދުވަހުގެރޭ 21:00 ގައި ހ.މުނިއުފާ (މާލެ ޓީޓީ ހޯލް)ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ މި އެސޯސިއޭޝަންގެ ފުރިހަމަ މެންބަރުންގެ މަޢުލޫމާތަށްޓަކައި މި ވާހަކަ ދެންނެވީމެވެ. މިޖަލްސާގައި ބައިވެރިވެ ވޯޓްލުމުގެ ޙައްޤު ލިބިދޭނީ ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ ތެރެއިން 26 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން މިއަހަރުގެ އަހަރީ ފީ ދައްކާފައިވާ މެމްބަރުންނަށެވެ.
އަހަރީ ޢާންމު ޖަލްސާގައި "ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު" ޤާނޫނު ނަންބަރު: 2015/30 ގެ ދަށުން ހެދިފައިވާ "ދިވެހިރާއްޖޭގެ ކުޅިވަރު ޖަމިޢިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު" ގަވާއިދު ނަންބަރު: 2017/R-13 އިން ލާޒިމްކުރާ އެންމެހައި ނުކުތާތައް ހިންގާޤަވާއިދުގައި ހިމެނުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ދެއްވާފައިވާ ލަފާގެ މަތިން ގެނެވޭބަދަލުތައް 20 މާރިޗު 2024 ގައި ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 2024 ވަނަ އަހަރުގެ 3 (ތިނެއް) ވަނަ ޖަލްސާގައި އެންޑޯޒްކުރެވި، މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާކަން އެންމެހާ މެމްބަރުންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މީގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ހިންގާޤަވާއިދަށް އިތުރު ބަދަލެއް ގެނައުމަށް ލަފާދެއްވައިފި ނަމަ އެފަދަ ބަދަލެއްވެސް އެންމެހާ މެންބަރުންނާއި އަހަރީ ޢާންމު ޖަލްސާ ގެ ކުރިން ޙިއްޞާކުރާނެކަންވެސް ދަންނަވަމެވެ.
އަހަރީ ޢާއްމު ޖަލްސާ 2024 އެޖެންޑާ
28 މާރިޗު 2024 | މާލެ ޓީޓީހޯލް | 21:00
- ޖަލްސާއަށް މެމްބަރުން ޙާޟިރުވުން:
- ޖަލްސާގެ ރަޖިސްޓްރޭޝަން: 20:30 ން 21:00 ށް: (އެޑްމިން)
- ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެއްޓުން:
- ރޯލް ކޯލް އަދި ޖަލްސާ ތަޢާރަފްކޮށްދިނުން:
- އެޖެންޑާ އިއްވާ ފާސްކުރުން:
- މެމްބަރުންނާއި މުޚާތަބްކޮށް ވާހާކަދެއްކުން: ރައީސް އަލީ ރަޝީދު
- ޓީޓީއޭއެމް އެޕް ތަޢާރަފުކުރުން (އޮފިޝަލް ލޯންޗިންގ)
- ޝަރަފްވެރި މެންބަރުންގެ ގޮތުގައި ހިންގާކޮމިޓީއިން ކަނޑައަޅާ ނިންމާފައިވާ ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކުރުން:
- 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލަންޑް ގޭމްސް ގައި ރާއްޖެއަށް މެޑަލް ހާޞިލް ކޮށްދީފައިވާ ކުޅުންތެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުން:
- 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި ޙަރަދު ރިޕޯޓް އިއްވާ ފާސްކުރުންް :
- 2024 ވަނަ އަހަރުގެ ކަލަންޑަރ އަދި ބަޖެޓް އިއްވާ ފާސްކުރުންް:
- 2024 ވަނަ އަހަރަށް އެސޯސިއޭޝަން އަށް އޮޑިޓަރ އެއް ކަނޑައެޅުން
- "ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު" ޤާނޫނު ނަންބަރު: 2015/30 ގެ ދަށުން ހެދިފައިވާ "ދިވެހިރާއްޖޭގެ ކުޅިވަރު ޖަމިޢިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު" ގަވާއިދު ނަންބަރު: 2017/R-13 އިން ލާޒިމްކުރާ އެންމެހައި ނުކުތާތައް ހިންގާޤަވާއިދުގައި ހިމެނުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ދެއްވާފައިވާ ލަފާގެ މަތިން ގެނެވޭބަދަލުތައް އިއްވާ ފާސްކުރުން
- ޖަލްސާ ނިންމާލުން:
ޖަލްސާނިންމުން ޤައުމީސަލާމް އާއިއެކު
އަހަރީ އާޢްމު ޖަލްސާ އަށް އެންމެހާ މެމްބަރުން، އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާނަމަ 7779140 7778722 ނަންބަރާއި ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.