މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ އިމްތިޙާނާބެހޭ

މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2024/15، (01 ފެބުރުވަރީ 2024) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

ހަވާލާދީފައިވާ އިޢުލާނުގައި ދެންނެވިފައިވާ "އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު" ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިމްތިޙާނަށް އެކި ސަބަބުތަކާހުރެ ގިނަ ކެންޑިޑޭޓުންނަށް ހާޒިރުވެވިފައި ނުވާތީ އެފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން އިތުރު އިމްތިޙާނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އިމްތިޙާނު އޮންނާނީ 26 މާރިޗު 2024 (އަންގާރަ) ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ބިލްޑިންގައެވެ. އިމްތިޙާނަށް ހާޒިރުވާން ޖެހޭ ފަރާތްތަކުގެ ލިސްޓު މި އިޢުލާނާއެކު މި އޮފީހުގެ ވެބްސައިޓުގައި އާންމުކުރެވިފައިވާނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

މި އިޢުލާނާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003499 ނުވަތަ 3322001 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އީމެއިލް ކުރައްވާއިރު ވަޒީފާއަށް ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަންބަރާއި  ގުޅޭނެ ފޯނު ނަންބަރު އަދި ކުރިމަތިލީ މަޤާމު އެނގޭނެހެން އީމެއިލްކުރެއްވުން އެދެމެވެ.

21 މާރިޗު 2024
ހޯދާ