ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ ހުއްދައަށް އެދި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގެ ކުރިން ފޯމު ހުށަހެޅުމާ ގުޅޭ

ދެންނެވުން

ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ ހުއްދައަށް އެދި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގެ ކުރިން

 ފޯމު ހުށަހެޅުމާ ގުޅޭ

     މި އޮތޯރިޓީގެ އިއުލާން ނަންބަރ (IUL)485-AP/1/2024/5   އާ ގުޅޭގޮތުން ދަންނަވަމެވެ. މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ (31 މާރިޗް 2024 އިން 09 އެޕްރީލް 2024) ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖޫމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީ، މި މުއްދަތުގެ ތެރޭގައި މި އޮތޯރިޓީން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން "ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ހުއްދަ" އަށް އަށް އެދޭ ފަރާތްތަކުން ހުއްދައަށް އެދި ފޯމު ހުށަހެޅުއްވުމުގެ ސުންގަޑި އަކީ 25 މާރިޗް 2024 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ކަމުގައި ހަނދުމަފުޅުކޮށްއަރުވަމެވެ. މި މުއްދަތުގެ ފަހުން ހުށަހަޅުއްވާ ފޯމުތަކަށް ރަމަޟާން މަސްތެރޭގައި ހުއްދަދޫނުކުރެވޭނެތީ، ހުއްދަ ނުލިބުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް މި އޮތޯރިޓީން ޒިންމާ ނުވާނެ ވާހަކަ ތަކުރާރުކޮށް ދަންނަވަމެވެ.

 

     އަދި މި އޮތޯރިޓީގެ ހުއްދަ ނެތި، ބިމުން ފެންނަގައި ފެން ބޭރުކުރާ ފަރާތްތަކާމެދު، ޤަވާއިދު ނަންބަރު: 2021/R-20 (އިމާރާތް ކުރުމަށާއި ސިނާއީ އެހެނިހެން މަޝްރޫއުތަކަށް ބިމުން ފެންނަގައި، އެ ފެން ބޭރުކުރުމުގެ ގަވާއިދު) އަދި  ޤަވާއިދު ނަންބަރު: 2022/R-138 ((އިމާރާތް ކުރުމަށާއި ސިނާއީ އެހެނިހެން މަޝްރޫއުތަކަށް ބިމުން ފެންނަގައި، އެ ފެން ބޭރުކުރުމުގެ ގަވާއިދު)  އަށް 01 ވަނަ އިސްލާހު ގެނައުމުގެ ޤަވާއިދު) ގެ ދަށުން ފިޔަވަޅު އެޅޭނެ ވާހަކަވެސް ދަންނަވަމެވެ.

 

11 ރަމަޟާން 1445

21 މާރިޗު 2024
ހޯދާ