ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރ:) (IUL)305/305/2024/2325 ފެބްރުއަރީ 2024) އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅާފައިނުވާތީ، އެއިއްލާން ބާޠިލްކޮށް އަލުން އިއުލާން ކުރީމެވެ.
ތިރީގައިވާ މަސައްކަތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ރ.މާކުރަތު ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ކުނި އަންދާ އަށި ހެދުން
- ރ.މާކުރަތު މަސްޖިދުލް އަންވާރު މިސްކިތުގެ އިސްކުރުބަރި މަރާމާތުކުރުން
- މަސްޖިދުލް ސަލާމް މިސްކިތުގެ މުންނާރު ލައިޓްތައް ބަދަލުކުރުން
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 މާރޗް 2024 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް ([email protected]) ށް އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ ކޮންމެ މަސައްކަތެއްގެ އަގު ވަކިން އިނގޭގޮތަށެވެ.
ނޯޓް: މިމަސައްކަތްތަކަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2024) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ތަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.