ދިވެހިރާއްޖެ
އިޢުލާން
ގެދޮރުވެރިކަމާއި، ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ މަސައްކަތްތައް އިތުރަށް ފުރިހަމަކަމާއިއެކު ކުރިއަށްގެންދިއުމަށް އަންނަނިވި ދާއިރާއަށް ފަންނީ ތަޖުރިބާކާރުން 01 އަހަރު ދުވަހުގެ ކޮންޓްރެކްޓް މުއްދަތަށް ބޭނުންވެއެވެ. މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) މި ޢިއުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި ވުޒާރާގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.
މަޤާމު |
އަދަދު |
މީޑިއާ ކޮންސަލްޓަންޓް |
01 |
ވީމާ، މި މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 2024 މާރިޗު 28 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި ވުޒާރާއަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ހިއުމަން ރިސޯސް ސެކްޝަން / ގެދޮރުވެރިކަމާއި، ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ.
އަމީނީ މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯން: 3020755 / 3020751
އީ-މެއިލް: jobs@housing.gov.mv ވެބްސައިޓް: www.housing.gov.mv
11 ރަމަޟާން 1445