ދިވެހިރާއްޖެ
އިޢުލާން
ބ.އޭދަފުށީ ކުނި މެނޭޖް ކުރާ ސެންޓަރުގައި ކެމެރާ ހަރުކުރުމަށް ބޭނުންވާ ކޭބަލް ސަޕްލައިކޮށްދިނުމަށް އަގު ( ކޯޓޭޝަން ) ހުށަހެޅުމަށް ހުޅުވާލުން
މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކުނި މެނޭޖް ކުރާ ސެންޓަރުގައި ކެމެރާ ސިސްޓަމް ހަރުކުރުމަށް ބޭނުންވާ ތިރީގައި މިދަންނަވާ ސްޕެސިފިކޭޝަންގެ ކޭބަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
| 
 #  | 
 ގަންނަން ބޭނުންވާ ތަކެތީގެ ތަފްޞީލް  | 
 އަދަދު  | 
| 
 1  | 
 HIK VISION cat-6 UTP cable 305m Roll  | 
 2  | 
ކޯޓޭޝަން ހުށަހަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ކޯޓޭޝަންއެކެވެ. އަދި ހުށަހަޅުއްވާ ކޯޓޭޝަންގައި މުއްދަތު ބަޔާންކުރެވިފައިވާންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ކޯޓޭޝަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ކޯޓޭޝަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2024 މާރިޗު 25 ވާ ހޯމަ ދުވަހުގެ 12:00 އަށް މިއިދާރާއަށް ވަޑައިގެން މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޖުމާން (9999038) އަށް ގުޅުއްވުން އެދެމެވެ.
11 ރަމަޟާން 1445
