ދިވެހިރާއްޖެ
ފީވަކުސްކޫލް
ފީވައް / ދިވެހިރާއްޖެ ނަންބަރު:GS-108/IUL/2024/03
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އެކްޓްވިޓީ ޔުނީފޯމާގުޅޭ
މިސްކޫލުން ދޭ ނަމޫނާ އާއި އެއްގޮތަށް ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯމް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.
ވީމާ، އެކްޓިވިޓީ ޔުނީފޯމް ސަޕްލައިކޮށްދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޔުނީފޯމާއި ގުޅުންހުރި މަޢުމާތު ބީލަންފޮތުގައިވާނެވެ.
ނަން ނޯޓްކުރުމަށް ހަމަޖެހިފައިވާ މުއްދަތު |
ނަން ނޯޓްކުރުމަށް ހަމަޖެހިފައިވާ ގަޑިތައް |
24 މާރިޗު 2024 ން 27 މާރިޗު 2024 އަށް |
ރަސްމީ ދުވަސްތަކުގެ 09:00 ން 12:00 އަށް |
- އެކްޓިވިޓީ ޔުނީފޯމް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ދެންނެވިފައިވާ މުއްދަތުގައި ސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ އީ މެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްތަދުގައި ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށެވެ.
- އަންދާސީ ހިސާބު ހުށަހެޅުމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 މާރިޗު 28 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އީ މެއިލަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- އަންދާސީ ހިސާބު ހެށަހެޅުން އޮންނާނީ 2024 އެޕްރީލް 21 ވާ އާދިއްތަ ދުވަހުގެ 10:30 ގައި މިސްކޫލް އޭ.ވީ. ރޫމުގައެވެ.
އީމެއިލް: [email protected]
ފޯން: 6540543
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
11 ރަމަޟާން 1445ހ.
21 މާރިޗު 2024މ.