ދިވެހިރާއްޖެ
މި އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ އާއި ގުޅޭގޮތުން 20 ފެބްރުއަރީ 2024 ގައި ކުރެވުނު އިއުލާން ނަންބަރު: TTAM/IUL/2024/01އާއި ޙަވާލާދީ ދަންނަވަމެވެ.
20 މާރިޗު 2024 ގައި ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 2024 ވަނަ އަހަރުގެ 3 (ތިނެއް) ވަނަ ޖަލްސާގައި މިއެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ، 28 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައި މާލޭ ޓީޓީ ހޯލްގައި ބޭއްވުމަށް ހަމަޖެހިފައިވާކަން އެންމެހާ މެމްބަރުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
މިޖަލްސާގައި ބައިވެރިވެ ވޯޓްލުމުގެ ޙައްޤު ލިބިދޭނީ ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ ތެރެއިން 26 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން މިއަހަރުގެ އަހަރީ ފީ ދައްކާފައިވާ މެމްބަރުންނަށެވެ.
އަދި، ހިންގާ ޤަވާއިދުގެ 15 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުރިހަމަ މެމްބަރެއްގެ ގޮތުގައި އެސޯސިއޭޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ ކޮންމެ ކްލަބް، ޖަމްޢިއްޔާ ޖަމާޢަތްތަކުން ތަމްޘީލް ކުރާނެ ޢާންމު ފަރުދަކު އެފަދަ ކްލަބް، ޖަމްޢިއްޔާ، އަދި ޖަމާޢަތެއްގެ މެމްބަރުންގެ ތެރެއިން ހޮވަންވާނެއެވެ. އެސޯސިއޭޝަންގެ ޖަލްސާއެއްގައި ބައިވެރިވުމަށް މަދުވެގެން 2 (ދޭއް) ދުވަސްކުރިން އެފަދަ ޢާންމު ފަރުދެއްގެ ނަމާއި، އޭނާގެ ވަނަވަރު އެސޯސިއޭޝަނަށް ފޮނުވަންވާނެއެވެ. މިގޮތުން ހަމަޖެއްސޭ މަންދޫބަށް ބަދަލެއް ގެނެވިއްޖެނަމަ އެކަން ވީއެންމެ އަވަހަކަށް އެސޯސިއޭޝަންއަށް އަންގަންވާނެއެވެ.
އަހަރީ އާޢްމު ޖަލްސާ އަށް އެންމެހާ މެމްބަރުން، އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާނަމަ 7779140 7778722 ނަންބަރާއި ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.