މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
އަށްވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަން އަދި 28 ވަނަ ކުންމިންގ އިމްޕޯޓް އަދި އެކްސްޕޯޓް ފެއަރގައި (CSA Expo) ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގ ގައި ބާއްވާ ޗައިނާ ކުންމިންގ އިމްޕޯޓް އެންޑް އެކްސްޕޯޓް ކޮމޯޑިޓީޒް ފެއަރ އެންޑް ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަން މިއަހަރުގެ ޖޫން މަހުގެ 18 އިން 23 އަށް ނުވަތަ ޖުލައި މަހުގެ 23 އިން 28 އަށް ބާއްވާގޮތަށް ހަމަޖެހިފައިވާ ވާހަކަ ޗައިނާގެ ސަރުކާރުން ދިވެހިރާއްޖެ އަށް އަންގާފައިވެއެވެ. މި އެކްސްޕޮޒިޝަންގައި ދިވެހި އުފެއްދުންތައް އެގްޒިބިޓް ކުރުމުގެ ފުރުޞަތާއި، ކުންމިންގ އިމްޕޯޓް އަދި އެކްސްޕޯޓް ފެއަރ ގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވުމަށް ދައުވަތު ދެއްވާފައިވެއެވެ.

CSA Expo އަކީ ޗައިނާގެ އިތުރުން ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ވިޔަފާރިތަކާއި އަދި އާންމު ފަރާތްތަކުން ޒިޔާރަތްކުރާއް އެކްސްޕޯ އެކެވެ. އެހެންކަމުން މިއެކްސްޕޯގައި ބައިވެރިވުމަށް ލިބިފައިވާ ފުރުޞަތަކީ ރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް އިޝްތިހާރުކޮށް މާރކެޓް ކުރުމަށް ލިބޭ މުހިންމު ފުރުޞަތެއްކަމުގައި މި މިނިސްޓްރީން ދެކެމެވެ.

އެހެންކަމުން، ރާއްޖޭގެ ވިޔަފާރިތަކުގެ ތެރެއިން، މި އެކްސްޕޯގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި އިޢުލާނާއެކުގައިވާ އެގްޒިބިޓަރ އެޕްލިކޭޝަން ފޯމް ނުވަތަ  ބަޔާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު 25 މާރިޗު 2024 ގެ ކުރިން [email protected] އަށް އީމެއިލްކުރެއްވުން އެދި ދަންނަވަމެވެ.

20 މާރިޗު 2024
ހޯދާ