އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރްއާން މުދައްރިސުން ތަމްރީންކުރުމުގެ ސްކޮލަރޝިޕް ސްކީމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުން

ޤުރްއާން މުދައްރިސުން ތަމްރީންކުރުމުގެ ސްކޮލަރޝިޕް ސްކީމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުން

 

މި އަތޮޅުގެ 10 ރަށަށް އަމާޒުކޮށްގެން ޤުރްއާން މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް މިކައުންސިލުންކުރި ނަންބަރު: (IUL)234-C/234/2022/25 އިޢުލާނުގައި ބައިވެރިވުމަށްއެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބެޗެއް ހަމަވާވަރަށް ބައިވެރިންގެ ޝަރުތުހަމަނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރީމެވެ. މިޕްރޮގްރާމްގެ މަޤްސަދަކީ އަރިއަތޮޅު ދެކުނުބުރީ ރަށްރަށުގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޤުރްއާން މުދައްރިސުން ތަމްރީނުކުރުމާއި، އަތޮޅުގެ ރަށްރަށުގައި ކީރިތި ޤުރްއާން ކިޔެވުމާއި، ކިޔަވައިދިނުމަށް ހިތްވަރުދީ، ކުރިއެރުންތައް ހޯދުމެވެ.

ވިމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 އެޕްރީލް 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެޕްލިކޭޝަން ފޯމް މިކައުންސިލްގެ: [email protected] މެއިލަށް ފޮނުއްވައިދެއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް އަދި އުސޫލު މި އިޢުލާނާއެކު ގެޒެޓްކޮށްފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިކައުންސިލްގެ 6680507 ނަންބަރަށެވެ.

20 މާރިޗު 2024
ހޯދާ