ދިވެހިރާއްޖެ
ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީގެ އެހީތެރިކަމާއެކު މި މިނިސްޓްރީއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ކުރިއަށް ގެންދާ "އިންކްރީސިންގ ކްލައިމެޓް ޗޭންޖް ރިސީލިއަންސް އޮފް މޯލްޑިވްސް ތްރޫ އެޑެޕްޓޭޝަން އިން ދަ ޓޫރިޒަމް ސެކްޓަރ- TAP -" ޕްރޮޖެކްޓަށް ތިރީގައި މިދަންނަވާ މަޤާމުތަކަށް ބޭފުޅުން ހޯދަން ބޭނުންވެއެވެ.
- ޕްރޮޖެކްޓް އެސިސްޓަންޓް
- ކޮމިއުނިކޭޝަން އެންޑް ސްޓޭކްހޯލްޑަރ ރިލޭޝަންސް އޮފިސަރ
މި މަޤާމަށް ހޮވޭ ފަރާތަކުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ފުލްޓައިމް މުއައްޒަފެއްގެ ގޮތުގައި 8 މަސްދުވަހުގެ މުއްދަތަށެވެ. އަދި މި މަޤާމަށް މީހުން ހޮވުމުގައި މިފަދަ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ބޭފުޅުންނަށް އިސްކަން ދެވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ޕްރޮޖެކްޓާބެހޭ މަޢުލޫމާތާއި، މަޤާމުގެ މަސްއޫލިއްޔަތު އަދި ޝަރުުޠުތައް ހިމެނޭ ޓީ.އޯ.އާރ މިނިސްޓްރީގެ ވެބްސައިޓްއިން ނުވަތަ މި އޮފީހަށް ދުރުވެ ސާފުކުރެއްވުމަށްފަހު، 30 އެޕްރީލް 2015 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު ވަނަވަރު މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް ޓޫރިޒަމް
ހ. ވެލާނާގެ ،5 ވަނަ ފަންގިފިލާ
އަމީރުއަހުމަދުމަގު، މާލެ،ދިވެހިރާއްޖެ
ޓެލެފޯން: 3022200، ފެކްސް 2512 332
އީމެއިލް:[email protected]
ވެބްސައިޓް: www.tourism.gov.mv