| 
 އޮފީސް އެސިސްޓެންޓް (ގްރޭޑް 1) 
 | 
 މަޤާމު 
 | 
| 
 1 
 | 
 ބޭނުންވާ އަދަދު 
 | 
| 
 އޮޑިޓަރ ޖެނެރަލްގެ އޮފީސް 
 | 
 މަސައްކަތް ކުރަންޖެހޭ ތަން 
 | 
| 
 އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމަންޓް ޔުނިޓް 
 | 
 ޔުނިޓް 
 | 
| 
 -/3،000 (ތިން ހާސް) ރުފިޔާ 
 | 
 މުސާރަ 
 | 
- ސަރވިސް އެލަވަންސް: ހާޒިރުވާ ދުވަހަކަށް -/150 (ސަތޭކަ ފަންސާސް ރުފިޔާ)
 
- ލިވިންގ އެލަވަންސް: -/1،000 (އެއްހާސް ރުފިޔާ)
 
 
 | 
 ޢިނާޔަތް 
 | 
| 
 އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 
 | 
 އިތުރުގަޑި 
 | 
- ގްރޭޑް 10 ނިންމާފައި ވުން ނުވަތަ،
 
- މަސައްކަތު މީހެއް ނުވަތަ ޕިއޯނެއްގެ މަޤާމުގައި 3 އަހަރު ދުވަހު އުޅެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 
 
 | 
 އަސާސީ ޝަރުޠު 
 | 
- މިއޮފީހުގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮފީހުގައި އަދާކުރާ ވަޒީފާއާ މަސްލަހަތު ފުށުއަރާ ފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
 
- ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ހަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
 
- އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ކުރާ މީހަކު ކަމުގައި ނުވުން.
 
- ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
 
- މިއޮފީހުގެ އެއްވެސް މުވައްޒަފަކާ އާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.
 
 
 | 
 އެހެނިހެން ޝަރުޠު 
 | 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
 
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
 
- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައި ވުން.
 
 
ނޯޓު: މި މަޤާމަށް މީހަކު ހޮވުމުގައި ސައިކަލު ނުވަތަ ބައިސްކަލު ދުއްވާ ފަރާތަކަށް އިސްކަންދެވޭނެއެވެ. 
 | 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
 | 
- މިއޮފީހުން އެކި ފަރާތްތަކަށް ފޮނުވާ ސިޓީ އަދި އެހެނިހެން ތަކެތި ރައްދުކޮށްދިނުން.
 
- އޮފީހުން އަންގާގޮތެއްގެ މަތިން އޮފީސް ހުޅުވާ ލެއްޕުން.
 
- އޮފީސް އިމާރާތް ސާފުތާހިރުކޮށް ބެލެހެއްޓުމާބެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
 
- އޮފީހުގެ މަރާމާތްތަކުގެ މަސައްކަތުގައި އެހީތެރިވުން.
 
- އޮފީހަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތުގައި އެހީތެރިވުން.
 
- މަޤާމުގެ މަސްއޫލިއްޔަތާގުޅޭ ގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
 
 
 | 
 މަޤާމުގެ މަސްއޫލިއްޔަތު 
 | 
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ލިބެން ހުންނާނެއެވެ.)
 
- ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ( އެކްރެޑިޓްކޮށްފައި)
 
- ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
 
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން (މިލިޔުން ހުށަހަޅަންޖެހޭނީ އަސާސީ ޝަރުުޠު ހަމަވެ، ސެޓްފިކެޓް ލިބިފައި ނުވާނަމައެވެ.)
 
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު).
 
 
 | 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
| 
 07 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް   (ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާ). 
 | 
 އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި 
 | 
| 
 މި މަޤާމުގެ އިންޓަރވިއު ޕްރޮސެސްއަށް ޝޯޓް ލިސްޓުކުރެވޭނީ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަރވިއުއަށް ޝޯޓް ލިސްޓުކުރެވުނުކަން އަންގާނީ ޝޯޓް ލިސްޓުކުރެވުނު ފަރާތްތަކަށް އެކަންޏެވެ. އެނޫން ފަރާތްތަކަށް އެކަން ލިޔުމަކުންނެއް ނާންގާނެއެވެ. އިންޓަރވިއުއަށް ޝޯޓް ލިސްޓްކޮށް ނިމުމުން އެކަން މި އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ. 
 | 
 އިތުރު މަޢުލޫމާތު 
 | 
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނޭ
 
- ފޯނު ނަންބަރު: 3323939    
 
- ފެކްސް ނަންބަރު: 3316430
 
- އީމެއިލް އެޑްރެސް: [email protected]
 
 
 |