ދިވެހިރާއްޖެ
ރ. އަތޮޅު ކައުންސިލް އިދާރާގެ އަކުރިސް ލޯންޗަށް 2 އިންޖީނު ހޯދުމާބެހޭ
މި އިދާރާގެ އަކުރިސް ލޯންޗުގެ އިންޖީނު ބަދަލުކުރުމަށްޓަކައި 250 ހޯސްޕަވަރގެ ފޯރ ސްޓްރޯކް 2 އިންޖީނު ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު IUL)229-IED/229/2015/18)ފ(01 އެޕްރީލް 2015) އިޢުލާނު ބާޠިލުކޮށް 250 ހޯސްޕަވަރގެ ފޯރ ސްޓްރޯކް 2 އިންޖީނު އެއްފަހަރުން އަގުދައްކާގޮތަށް ހޯދަން ބޭނުންވެއެވެ.
ވީމާ، 250 ހޯސްޕަވަރގެ ފޯރ ސްޓްރޯކް 2 އިންޖީނު ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިއިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ.
އަދި އިންޖީނު ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2 އިންޖީނަށް ވޮރެންޓީ ދެވޭނެ މުއްދަތަކާއި ވިއްކުމަށް ބޭނުންފުޅުވާ އިންޖީނާބެހޭ ފުރިހަމަ މަޢުލޫމާތު ތަފުސީލެއް ހުށަހެޅުއްވުން އެދެމެވެ.
އިންޖީނު ގަތުމަށް ވަކި ފަރާތެއް ކަނޑައެޅުމުގައި ހުށަހަޅާ އަގަށާއި، ވޮރެންޓީއަށް އަދި އިންޖީނާބެހޭ ފުރިހަމަ މަޢުލޫމާތުގެ މައްޗަށް ބެލޭނެއެވެ. އެގޮތުން އަގަށް %60 ވޮރެންޓީއަށް %20 އަދި އިންޖީނާ ބެހޭ ފުރިހަމަ މަޢުލޫމާތަށް %20 ދެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
02 ރަޖަބު 1436