ދިވެހިރާއްޖެ
ކޮއިމަލާ ބިލްޑިންގ ގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު އިޢުލާނާގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތައް ބިޑް ކޮމެޓީއިން ބާޠިލްކޮށްފައިވާތީ، ކޮއިމަލާ ބިލްޑިންގގެ ސެކިއުރިޓީ ބެލެހެއްޓުމަށް ތިންވަނަ ފަހަރަށް ޢާއްމުކޮށް އިޢުލާން ކުރަމެވެ. އެމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލީމެވެ. މި ބިޑްގައި ރަޖިސްޓްރީ ކުރުމަށް 20 މާރިޗް 2024 ވާ ބުދަ ދުވަހުން ފެށިގެން 24 މާރިޗް 2024 ވާ އާދިއްތަ ދުވަހުގެ 11:30 ގެ ނިޔަލަށް މިއިދާރާގެ ބީލަންވެރިން ރަޖިސްޓަރ ކުރާ ޝީޓް ފުރުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށްށެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ރަޖިސްޓްރީ ކުރުން |
24 މާރިޗް 2024 |
އާދިއްތަ |
11:30 |
އަންދާސީ ހިސާބު ހުށައެޅުން |
28 މާރިޗް 2024 |
ބުރާސްފަތި |
12:00 |
މަޢުލޫމާތު ސާފުކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފޯމް މި އިދާރާއިން ލިބިލައްވާނެކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު |
|
އަގު |
90% |
ތަޖުރިބާ |
10% |
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.