ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ސީ.ޕީޔޫ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ސީ.ޕީޔޫ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި

މިކޯޓުގެ ނަންބަރު IUL95-PM/1/2015/08 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، މިއިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ދިވެހިރާއްޖޭގެ ހައިކޯޓަށް 4 ސީ.ޕީ.ޔޫ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަން ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީހިސާބު (ބިޑިންގ ޑޮކިއުމެންޓްސްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއެކު) މިކޯޓުގެ މީޓިންގރޫމް 01 އަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް މިކޯޓުގެ ވެބްސައިޓް http://www.highcourt.gov.mv/dhi/mediamanager/10_bid_info._sheet_-_c.p.pdf އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

02 ރަޖަބު 1436

21 އޭޕްރިލް 2015
ހޯދާ