ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ފަނޯއްލާ" ދަރުބާރުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ނަންބަރ: (IUL)258/258/2024/35

 

އިޢުލާން

      

"ފަނޯއްލާ" ދަރުބާރުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

މިއިދާރާގެ ނަންބަރު (IUL)258/258/2024/21 (19 މާރިޗު 2024) އިޢުލާނުގައިވާ 2024 ފެބްރުއަރީ މަހުގެ 27 އިން މާރޗް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ "ފަނޯއްލާ" ދަރުބާރު ބާއްވަން ހަމަޖެހިފައިވާ ދުވަސް ބަދަލުވެފައި ވުމާއި ގުޅިގެން  އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. މި ދަރުބާރު މިހާރު ބާއްވަން ހަމަޖެހިފައިވަނީ 2024 އޭޕްރިލް 24 އިން 25 ނިޔަލަށެވެ.

ވީމާ، މިއިވެންޓުގެ އެންމެހާ ކަންކަން ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ތަފްސީލް:

ތާރީހް:

ގަޑި:

މަޢުލޫމާތު ސާފުކުރުން

27 މާރޗް 2024

11:00

އަންދާސީ ޙިސާބުހުޅުވުން

18 އޭޕްރިލް 2024

11:00

ވީމާ ބީލަން ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޯމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މި ބީލަމުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކައް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 9 رَمَضَان 1445

19 މާރޗް 2024

19 މާރިޗު 2024
ހޯދާ