ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ހޯލުތަކަށް ގޮނޑި އާއި ޑެސްކް ގެންގޮސް އެތުރުމާއި ، ގެނެސްދީ ގުދަންކޮށް ބެހެއްޓުމާއި އަދި އެހެނިހެންވެސް ތަކެތި އުފުލާ ގެންގޮސް ގެނެސް ބަހައްޓާ ތަރުތީބު ކުރުމަށް މީހުންގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު ((IUL)120-D/1/2024/13 03 މާރިޗު 2024 (އިއުލާނުގައި އަންދާސީ ހިސާބު ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުގެ މައުލޫމާތު ފުރިހަމަ ނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާންކުރަމެވެ.

ހޯލުތަކަށް ގޮނޑި އާއި ޑެސްކް ގެންގޮސް އެތުރުމާއި ، ގެނެސްދީ ގުދަންކޮށް ބެހެއްޓުމާއި އަދި އެހެނިހެންވެސް ތަކެތި އުފުލާ ގެންގޮސް ގެނެސް ބަހައްޓާ ތަރުތީބު ކުރުމަށް މީހުންގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު ((IUL)120-D/1/2024/1303 މާރިޗު 2024  (އިއުލާނުގައި އަންދާސީ ހިސާބު ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުގެ މައުލޫމާތު ފުރިހަމަ ނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާންކުރަމެވެ.

 މި ޑިޕާޓްމަންޓުން ބާއްވާ އިމްތިޙާނުތައް އަދި އެކިއެކި ބައްދަލުވުންތައް ފަދަ ކަންކަމާއި ގުޅިގެން ހޯލުތަކަށް ގޮނޑިއާއި ޑެސްކް ގެންގޮސް އެތުރުމާއި ގެނައުމާއި އަދި ފޮށިފަދަ ތަކެތި ގެންގޮސް ގެނައުމަށް އުފުލާ ބޭލުމާއި ތަންތަނުގައި ބަހައްޓައި އަތުރާ ތަރުތީބު ކުރުމަށް މީހުންގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ޢިއުލާނާއި ( (IUL)120-D/1/2024/1019 ފެބްރުއަރީ 2024)ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ މި މަސައްކަތް އަލުން އިޢުލާން ކުރަމެވެ.

  1. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 19 މާރިޗު 2024 ން 24 މާރިޗު 2024 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
  3. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/nTscDCQ1baAb7YZ36
  4. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 24 މާރިޗު 2024 ގެވަނަ ދުވަހުގެ ކުރިން މި އިޢުލާނުގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 27 މާރިޗު 2024 ވާ ބުދަ ދުވަހުގެ 11:00 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ. 
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ޕްރޮކިއުމަންޓް ސެކްޝަން

  ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް

  އަސްރަފީވިލާ، 2 ވަނަ ފަންގިފިލާ

  ފޯން:  4003966

  އީ-މެއިލް: [email protected]

19 މާރިޗު 2024
ހޯދާ