ދިވެހިރާއްޖެ
އިޢުލާން
ށ. އަތޮޅު ހޮސްޕިޓަލުގެ އޮފީހުގެ ޖާގަ އިތުރުކުރުމަށްޓަކައި އޮފީހަށް ބައެއް އިތުރުކުރުމަށް ކުރި ދެވަނަ ނަންބަރ: (IUL)SH-FAH-A/2024/14 (10 މާރިޗު 2024) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑު ފުރިހަމަ ނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ރަޖިސްޓުރޭޝަން ޝީޓު ފުރިހަމަކުރައްވައި 19 މާރިޗު 2024 ވާ އަންގާރަ ދުވަހުން ފެށިގެން 24 މާރިޗު 2024 12:00 އަށް ށ.އަތޮޅު ހޮސްޕިޓަލުގެ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި 28 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00އަށް ށ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތެއް ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2024 މާރިޗު 27 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ރަޖިސްޓުރީ ފޯމް ހުށަނާޅުއްވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
09 ރަމަޟާން 1445