މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަސްޖިދުލް މޫސާޢަލީގެ އިމާރާތުގެ ބޭރާއި އިންފާރުގައި ކުލަލުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
- މިރަށު މަސްޖިދު މޫސާޢަލީގެ ޢިމާރާތުގެ ބޭރާއި އިންފާރުގައި ކުލަލާން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރ (IUL)322-M/322/2024/18 (19 ފެބްރުވަރީ 2024) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީ އެހުށަހެޅުން ބާޠިލުކޮށް އެފުރުޞަތު އަލުން ހުޅުވާލަމެވެ.
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 24 މާރިޗު 2024 ން 26 މާރިޗު 2024 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، ބިޑްގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. ބިޑުގައި ބައިވެރިވެވޭނީ ފޯމް ހުށަހަޅައި މަޢުލޫމާތު ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކަށެވެ.
ބިޑްގައި ރެޖިސްޓްރީ ވުމަށް އެދޭ ފޯމް މިއިޢުލާނާއެކު ގެޒެޓްގައި ހިމަނާފައި ވާނެއެވެ.
- މިބީލަމާގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 28 މާރިޗު 2024 ވަނަ ދުވަހުގެ ހެދުނު 10:00 ގައި މިއިދާރާގައެވެ.
- އަންދާސީ ހިސާބު ހުށަހަޅާނީ 14 އޭޕްރީލް 2024 ވަނަ ދުވަހުގެ ހެދުނު 10:00 ގައި މިއިދާރާއަށެވެ.
- މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަލައި ގަނެވުނު ކަމުގާވިޔަސް ބާޠިލު ކުރެވޭނެއެވެ.
- އިތުރު މަޢުލޫމާތު:
- ފޯން: 4005080
- އީމެއިލް: [email protected]
19 މާރިޗު 2024
ހޯދާ