ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯނޑެއްދޫ ކައުންސިލް 2 ވަނަ ޤުރުއާން މުބާރާތް 2024 ގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިތުރުކުރުން

މިއިދާރާގެ ނަންބަރު (IUL)417-SED/417/2024/30 (22 ފެބްރުއަރީ 2024) އިޢުލާނާއި ގުޅިގެން ދަންނަވަމެވެ.

ހޯނޑެއްދޫ ކައުންސިލް 2 ވަނަ ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚް ފަސްކުރެވިފައިވާތީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 2024 މާރިޗު 24 ވާ އާދީއްތަ ދުވަހުގެ 12:00 ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވުމަށްއެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އިތުރަށް ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ގދ.ހޯނޑެއްދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށް ފަހު 24 މާރިޗު 2024 ވާ އާދީއްތަ ދުވަހު 12:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 މާރިޗު 2024
ހޯދާ