ދިވެހިރާއްޖެ
އިއުލާން
މާލެ ސަރަޙައްދަށް އަމާޒުކޮށް ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން، ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ގިރާވަރުފަޅަށް ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާއިގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި މި މިނިސްޓްރީގެ ފަރާތުން ބާއްވާ ބައްދަލުވުމެއް، 27 މާރޗް 2024 ވާ ބުދަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާކަމާއި، މި ބައްދަލުވުން ބާއްވާ ތަނާއި ގަޑި ފަހުން އިޢުލާނުކުރެވޭނެކަމުގައި ދަންނަވަމެވެ.
ވީމާ، ބިން ވެރިޔާ ސްކީމް ގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންދެއްވުމަށް ދައުވަތު އެރުވުމުގެ ގޮތުން އާއްމުކޮށް އިޢުލާނުކުރީމެވެ. މިގޮތުން މި ބައްދަލަވުމުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ އަދި ޚިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ، ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުން ތިރީގައިމިވާ ލިންކް މެދުވެރިކޮށް ކުރިޔަށް ގެންދެވުމަށް ދަންނަވަމެވެ. އަދި ގިރާވަރުފަޅަށް ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭން (ޑްރާފްޓް) މި މިނިސްޓްރީ (މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް) ގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާނެ ކަމުގައި ދަންނަވަމެވެ.