އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
އޭވީ.އެސް ޓްރެއިނީ

މިކޮމާންޑުގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު:

އޭ.ވީ.އެސް ޓްރެއިނީ

މަޤާމުގެ ކްލެސިފިކޭޝަން:

އޭވިއޭޝަން ސެކިއުރިޓީ އޮފިސަރސް އެންޑް ގާރޑްސް

ރޭންކް:

ސީ.އެސް-2

ޑިވިޜަން/ޔުނިޓް:

  • އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް
  • ގަން އިންޓަރނޭޝަނަލް އެއަރޕޯޓް
  • އިފުރު އެއަރޕޯޓް

މުސާރަ:

-/5،920 ރުފިޔާ

ސަރވިސް އެލަވަންސް:

-/1،500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • ކޮއްތު ފައިސާ -/60 ރުފިޔާ (ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް)
  • ސްޕެޝިއަލް ޑިއުޓީ އެލަވަންސް (މުސާރައިގެ %35)
  • ފޯނު އެލަވަންސްގެ ގޮތުގައި މަހަކު -/150 ރުފިޔާ

އަދަދު:

  • އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް- 2 (ދޭއް) އަންހެން
  • އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް- 2 (ދޭއް) ފިރިހެން
  • ގަން އިންޓަރނޭޝަނަލް އެއަރޕޯޓް- 1 (އެކެއް) ފިރިހެން
  • އިފުރު އެއަރޕޯޓް- 4 (ހަތަރެއް) އަންހެން
  • އިފުރު އެއަރޕޯޓް- 8 (އަށެއް) ފިރިހެން

ތަޢުލީމާއި ތަޖުރިބާ:

ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

އުމުރު:

18 އަހަރާއި 35 އަހަރާ ދެމެދު.

އިސްކޮޅު:

5 ފޫޓް ހަމަވުން.

މަސައްކަތް ކުރަންޖެހޭ ތަން:

  • އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ނުވަތަ
  • ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ނުވަތަ
  • އިފުރު އެއަރޕޯޓް

(މީގެ އިތުރުން ދިމާވާ ހަލާތަކާގުޅޭ ގޮތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ދަށުން ސެކިއުރިޓީ ބަލަހައްޓަމުން ގެންދާ ކޮންމެ އެއަރޕޯޓެއްގައި ވެސް މަސައްކަތް ކުރަން ޖެހިދާނެއެވެ.)

މަޤާމުގެ މަސްއޫލިއްޔަތު:

  • ވަޒީފާއަށް ވަނުމާ ވިދިގެން އަންނަ ޕްރޮބޭޝަނަރީ 3 މަސް ދުވަހުގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ ބޭސިކް ކޯސް ފުރިހަމަކުރުން.
  • ޑިއުޓީ ސްޕަވައިޒަރ ނުވަތަ ޝިފްޓް އިންޗާރޖްގެ ބެލުމުގެ ދަށުން އަންގާފައިވާ ގަވާއިދުތަކާއި މަސައްކަތް ކުރުމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަޑައަޅާފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ފުރިހަމަ ކުރުން.
  • ޑިއުޓީ ސްޕަވައިޒަރ ނުވަތަ ޝިފްޓް އިންޗާރޖްގެެ ބެލުމުގެ ދަށުން މަދަނީ ވައިގެ ބަނދަރުތަކުން ދަތުރުކުރާ ފަސިންޖަރުންނާއި ކުރޫންނާއި، އެމީހުން ގެންދާ ތަކެތި ބަލައި އޭވިއޭޝަން ސެކިއުރިޓީ ގޮތުން ފާސްކުރުން.

ފޯމް ހުށަހަޅަންވީ ތާރީޚު:

2015 މޭ 04 ވާ ހޯމަ ދުވަހު މެންދުރުފަހު 12:15 ގެ ކުރިން ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހެޑްކުއޯޓަރޒް (ސްޓާފް ކުއަރޓަރސް 2، 1 ވަނަ ފަންގިފިލާ) އަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހި ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށްފައިވާ).
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ)
  • ހަދަފައި ތަމްރީން ތަކުގެ ކޮޕީ
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުން އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ ލިޔުމެއް.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި މުއްދަތު އެނގޭނެ ފަދަ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ރީޖަނަލް އެއަރޕޯޓްތަކުގައި އޭވިއޭޝަން ސެކިއުރިޓީގެ މަސައްކަތްކުރެވޭނެ ފަރާތަކަށްވުން.
  • ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
  • ޔުނިފޯމު އަޅައިގެން ދަންފަޅިތަކުގައި މަސައްކަތް ކުރެވޭ ފަރާތަކަށް ވުން.

އިންޓަވިއު ކުރުމާއި އިމްތިޙާނު ކުރުން:

މި މަޤާމުތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުޠު ފުރިހަމަވާ މީހުން ޝޯޓް ލިސްޓް (ޝޯޓް ލިސްޓް ކުރެވޭނީ ތަޢުލީމާއި ތަޖުރިބާ އަށް ބެލުމަށްފަހު) ކުރުމަށްފަހު، އެންމެ މަތީން މާކްސް ހޯދާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އަދަދެއްގެ ފަރާތްތަކާއި އިންޓަރވިއު ކުރެވޭނެއެވެ. އެގޮތުން ތިރީގައި އެވަނީ އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފުސީލެވެ.

  • އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް (އަންހެން)- އިންޓަވިއު ކުރެވޭނީ 5 ފަރާތާއެވެ.
  • އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް (ފިރިހެން)- އިންޓަވިއު ކުރެވޭނީ 5 ފަރާތާއެވެ.
  • ގަން އިންޓަރނޭޝަނަލް އެއަރޕޯޓް (ފިރިހެން)- އިންޓަވިއު ކުރެވޭނީ 3 ފަރާތާއެވެ.
  • އިފުރު އެއަރޕޯޓް (އަންހެން)- އިންޓަވިއު ކުރެވޭނީ 10 ފަރާތާއެވެ.
  • އިފުރު އެއަރޕޯޓް (ފިރިހެން)- އިންޓަވިއު ކުރެވޭނީ 15 ފަރާތާއެވެ.

މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށްޓަކައި އިންޓަވިއު ކުރުމަށްފަހު، އެންމެ މަތިން މާކްސް ހޯދާ ފަރާތްތަކަށް ޓްރޭނީއެއްގެ ވަޒީފާ ދެވޭނެއެވެ. އަދި 3 މަސް ދުވަހުގެ ތެރޭގައި އޭވިއޭޝަން ސެކިޔުރިޓީ ބޭސިކް ކޯސް ފުރިހަމަކޮށް، ކޯހުން ފާސްވުމުން ސިވިލް ސާރވިސްގެ ދާއިމީ ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.

ހޮވޭ ފަރާތްތަކާއި އިންޓަވިއު ކުރުން އޮންނާނީ 2015 މޭ 10 ވަނަ ދުވަހު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހެޑް ކުއަރޓަރސް (ސްޓާފް ކުއަރޓަރސް 2، 1 ވަނަ ފަންގިފިލާ)ގައެވެ. ވީމާ މިމަޤާމަށް އެދިލައްވާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވެ ލެއްވުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުމަށްވެސް ދަންނަވަމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެށްވުމަށް ގުޅުއްވާނީ 3013435 އަދި 3013436 ނަންބަރު ފޯނާއެވެ.

މި ކޮމާންޑްގެ ވެބްސައިޓް www.avsecom.gov.mv އިން އަދި www.csc.gov.mv އިން ދިވެހި ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.           

04 ރަޖަބު 1436

22 އޭޕްރިލް 2015
ހޯދާ